ކެޔޮ ކޭވަރެއް އެނގޭނީ ބިތު ފަންގެވެސް ނެގީމާ
ކެޔޮގަނޑު ކަނޑައިލުމުން ދެން ބޭނުން ގަހުގެ ނެތީމާ
ބައިވެރިވެގެން އެކީގައި ރާވައި ނުބައި ހަދާފައި،
ބައިބައިވެ ގޮސް އެތައް ގިނަ ފެކްޝަން ތަކެއް ހެދީމާ
ވެރިކަމުގެ އެދުމުގައި ކުޅަ ކަންތައް ފަޅައިއަރާނީ،
ވެރިކަމުގެ ކޯޅުމެއްގައި ދެކޮޅުން ޖަދަލު ފެށީމާ
ޓެރަރިސްޓުނާއި އެއްފަދަ ޢަމަލެއް ކުރަން އުޅޭކަން،
އެނގިހުރެ އެކަން ނުއެންގީ ބައިވެރިވެގެން ކުރީމާ
އެދުވަހު ދިވެހި ގައުމުގެ ޕޮލިހާ، ސިފައިން ނެތީތޯ؟
އެކަމަކު ރިޕޯޓު ނުކުރީ ބައިވެރި ވެގެން ތިބީމާ
ވެރިކަމުގެ އެދުމުގައި ހަމަ، އެ ގެނައި، ތިނެއް ނޮވެންބަރު،
އެފަހުން އޮގަސްޓު، ބާރައިން ޢިބްރަތްތަކެއް ހުރީމާ
މިކަމެއް އިޢާދަނުކުރަން ދިވެހިން ސަމާލު ވާންވީ
މިކަހަލަ ނުބައި އެތައް ގިނަ މާޒީ ތަކެއް ހުރީމާ