Support Us

މިދެން ހާދަ ބޮޑުކަމެކޭ

ހާދަބޮޑު ކަމެކޭ މިއަދު މުޅިދުނިޔެ އަށް ޖެހިފައިވަނީ
"ވާދަޔަށްވެސް އެކަކު އަނެކަކު ވައްކަމޭ ކުރަމުން ދަނީ"

ގައުމު ގައުމުގެ ރައްޔިތުން ހައިހޫނުކަމުގައި މަރުވަނީ
ގައުމުތަކުގައި ހުރި ޚަޒާނާ "ވެރިކަމަށް ބަހަމުން ދަނީ"

ބައިއަޅައި އަޢްވާނު ނަށް ހުރި ތަރިކައެއްހެން ބައްސަވައި،
ބައިނަގައި"ކަޅު ފޮށިތަކާ ކަޅު ދަބަހުގައިވެސް" އުފުލަނީ

ވެރިކަމަށް އިތުރަށް އައުން ބޭނުންވެގެން ރިޝްވަތުދެނީ
"ގެރި ތަކަށް އަޅުކަން ކުރާ މީހުން" އެހީވެސް ހޯދަނީ

ވައްކަމާ މަކަރާއި ޙީލަތް ރީތި ކަމަކަށް ވެސްވަނީ،
ލައްކަގިނަ އެކި ޤައުމު ތަކުގައި ފައުޅުގައި ކުރަމުންދަނީ

ޙީލަތާ މަކަރާ ދޮގާވެސް ރީތިކޮށް އޮއްބާ ލުމަށް،
މީޑިއާ ތައް، ލާރި ދީގެން ގައުމު ތަކުގައި ގަނެލަނީ

ތަން ތަނުން ގޮވަމުންދަނީ "މީ ދިމަަޤްރާޠީ ވެރިކަމޭ"
ކަން ކަމުގެ ހުރިހާ ޙަގީގަތް ރައްޔިތުން ނަށް ފޮރުވަނީ

އަދު އޮތީ މޮޅު އިޝްތިހާރާ، އެކި ޤަރާރާ، އަމުރުނެރެ،
މަޑުމަޑުން މުޅި ރައްޔިތުންގެ ދުލާ، އަތާ، ފައި، ތަޅުލަނީ

ހަރުއަޑުން މުޅި ދުނިޔެ ގޮވަނީ ދިމަޤްރާޠީ ވެރިކަމޭ،
ރަޙުމުނެތި ޢާޣްމުން ލޮލަށް ސްޕްރޭ ޖަހައި އަނިޔާދެނީ

ލިޔެވިފައި ޤާނޫނު ތަކުގައި އޮތް އަސާސީ ޙައްޤުތައް،
ލިޔެވިފައި އޮތް މިންވަރަށްވެސް ނުލިބި، ތިބެ މިހަނާވަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published.