ލޯތްބަކީ ގަދަ އެންމެ ބާރޭ ޖާޒުބީ ވާ ބިންމަތީ
ރޯވެފައިވާ އޭގެ ހުޅުކޮޅު ފާޅުވުން ނެތް ލޯމަތީ
ރީތި ސިފައާ އަޑުތަކަށް ވުރެ އަސަރުގަދަ މަސްތެއް އެއީ
ހީތަކާ ފިކުރާ ހިތުން ނައްތާ ހަޔާތުގެ މޭމަތީ
ލާރި އާ މުދަލަށް ވުރެން މުއްސަނދި ޚަޒާނާއެއް އެއީ
ހާލަތަށް ފުދި މާ އުފާވެރި ވާ އަރާމުގެ އުނގުމަތީ
ބާރުގަދަ ތާޖަށް ވުރެން މާ ގަދަރުވެރި ތަޚުތެއް އެއީ
ނާރުތަކުގައި ލޭހިނގާ ވަޑުވާލަދޭ މަޑު ތަންމަތީ
ހިއްސުތަކުގައި ބީހުމެއް ނެތް ރިއްސުމެއް ލޮބުވެތި އެއީ
ޖިސްމު ގައި ޖަޒުބާތު ފަތުރާ ވިސްނުމަށް ވުރެ މާ މަތީ
އޭ ހިތާ ލޯބީގެ ތެދުވެރި އަލިކުރާ ހިތަކުން ހިތަށް
ކޭތަހިފުމެއް ނެތް ހަނދެއް ގައި އޭގެ އަބަދީ ފޮއިމަތީ