Support Us

އިއްވޭ ނިދާމީ ފާޅުގައި

ގިއުޅިލާށި މަލެއް މިސާލަށް ފޮޅުވަމުން މި ބަހާރުގައި
ނިއުޅެމުން ދާ ހިތުގެ ޖަޒުބާ އޮއްސަމޭ ދަރުބާރުގައި

ހީނލަމުން ދޮންވެލިގަނޑާ އައްސޭރިފަށުގައި ގޮނޑުދޮށާ
ބީހެނީ ރާޅާ އޮޔާ ފިރުމައި ދެމުން ނަލަހާރުގައި

ސާފު ހުދު ދޮން ތުނޑި ފިނޮޅު ވިދަނީ ރިހިންވާ މުތް ފަދައިން
މާދުރާ ގާތުން، އަރައިގެން އަންނަ އިރުގެ ޝުޢާއުގައި

މަލަ ރިވެތި ފަރި ފެންނަނީ ނަލަ ފެހި މުތީ ފަދަ ރަށްތަކޭ
ނަލަކަމާ މޫރިތިކަމަށް ކުރުނީސް ވަނީ ތާރީފުގައި

ނިޔަތުގައި ވިދަނީ ސަތޭކައިން ސައްތަ އިސްލާމީ މުތޭ
ހިޔަލުގައި ތިބެވޭށިޔޭ ތާއަބަދު މާތް ބަރަކާތުގައި

ވަރުވަރުގެ އެކި ފާޑު ހުރި މިސްކިތްތަކުން ފަސް ވަގުތުގައި
ހަރުއަޑުން އަޑަކަށް އެ އިވެނީ ބަންގިޔޭ އިޒުހާރުގައި

ރިވެތި ގޮތް ހުރި އާދަޔާ ވާރުތަވި ތަރިކަ ދިވެހިބަހާ
މިވެނި އެވެނިވި އަޑުއަޑާ ބަހުރުވަ ތަފާތޭ ރާގުގައި

މީރުވަސް ފެތުރޭ މަހައްލުގެ މާދުރަށް ހިންދުގެ ކަނޑަށް
ރީތިކަން ސިފަކޮށް ދެނީ ފަރި ޖަންނަތެއްގެ މިސާލުގައި

މީ މަގޭ ނަލަ ފަސްގަނޑޭ ފޫޅާއި މަސް އޮތް ބިންގަނޑޭ
މީ މަގޭ ލޮބުވެތި ހިތޭ! އިއްވޭ ނިދާމީ ފާޅުގައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *