...

Support Us

އެކުވެރިޔަކަށް ބަލާނީ ކާކު؟

އެކު އުޅޭ ހަމަ ކޮންމެ މީހަކު އަދި ނުވޭ އެކުވެރިއަކަށް
އެކުވެރިން ގޮތުގައި އުޅޭ މީހާ ވެޔޭ ޖާސޫސަކަށް

ބޭރުފުށުގައި ހުންނަ އޮފަކުން ފެންނަނީ ރަން ބުރިޔަކަށް،
ބޭރު އޮފު ގޮސްގެން ބަލާއިރު ފެންނަނީ ހިލަބުރި ޔަކަށް

ފެންނައިރު ހިނިތުންވެފައި ގައިގޯޅިކަންވެސް ބޮޑުވުމުން
އެންމެ ސިއްރެއް ބުނެލުމުން އެވަނީ ޢަދާވާތް ތެރިއަކަށް

ހީ ސަމާސާ ކޮށް އުޅޭއިރު ފެންނަ މަންޒަރު ރީތިކަން،
މީހަކަށް ނުފެނިއްޖެ ނަމައީ ދެފުށު މިޔައެޅި ކަނޑިއަކަށް

ބޭނުމެއް ޖެހުމާއެކީގައި އައިސް ހެދޭނީ މިތުރަކަށް،
ބޭނުމެއް ފުދުމާއެކީ ދެން ބަދަލު އެވަނީ ހަތުރަކަށް

އާދަކޮށް އައިސް ގޭތެރޭ ކައިބޮއެ، އުޅޭ ގިނަ އެކުވެރިން
ރާވަމުން ދާނީ ރަނގަޅު ކެއްސެއް ދެވޭނޭ ވަގުތަކަށް

އެންމެ ތަނަވަސްވީ ދުވަހުގައި އެކު އުޅުނުހައި އެކުވެރިން
އެންމެ ނިކަމެތިވާ ދުވަހު އެ ބަދަލު ވަނީ ކެހިވެރިޔަކަށް

އެންމެ ކައިރި އަވަށްޓެރީން ގޮތުގައި އުޅޭ މީހުންވިޔަސް
އެންމެ ބޭނުންވާ ވަގުތު މި ވަނީ ނުދަންނަ ދެމީހަކަށް

ފަގުޑިއެއް ބޮލުގައި އޮޅައި، ޖުއްބާލުމުން ބޮޑު ޝޭޚަކަށް،
ފަގުޑިއާ ޖުއްބާ ދަމައި ގަތުމުން ވަނީ އިބިލީހަކަށް

ހެޔޮ ލަފާ ޞާލިޙު ވަފާތެރި ޚުލްޤު ހެޔޮ، މީހަކު ބަލައި،
ހެޔޮ ރަނގަޅު މަގު ދައްނީނަމަ، ދެން ބަލައި އެކުވެރިޔަކަށް

ދުނިޔެ ދޫކޮށްދާ ދުވަހު ކުރެވޭނެ ނެތް ހަމަ އެއްކަމެއް
ދުނިޔެއާ، އަދި އާޚިރަތްވެސް މި ލިބެނީ ތަޤްވާ ވެރިއަކަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *