މިނެއް ނެތި އޮންނަ މިނިވަންކަން، ނަނެއް ނެތި އޮންނަ ވަދު ފަދައޭ
ފުނަށް ބުއްދީން ނުދާ ހިތްތައް، ހަނެއް ނެތި އޮންނަ ވަޅި ފަދައޭ
ކެތާ ޞަބުރާ އޮޅިން ނެރެލާ، ދެތާ ދެ އަތަށް ވަޔާ ހެލިލާ
ވިޠާހިރު ވިސްނުމުގެ ޖައުހަރު، އިތާ ނެތި އޮންނަ މުތް ފަދައޭ
ބެލުންތެރިކަމުގެ ހިޔަލެއް ނެތް، ވަލުން ވެސް ރަނގަޅު ނިވަލެއް ނެތް
ކަލުންނޭ ހެޔޮ އުފަން ދަރިފުޅު، ލޮލެއް ނެތި އޮންނަ ކޮއި ފަދައޭ
ކަނޑަށް ފުން ނިކުމެ މި ހަޔާތީ، ބަނޑަށް ފިރިޔާ ތަދެއް ވާތީ،
ދަނޑަށް ފޮނުވައިލެވުނު އަތްނބަކު، ތަނޑެއް ނެތި އޮންނަ މާ ފަދައޭ
ތަނބެއްގައި އިންތަކެއް ނެތް ނަމަ، ތިނބިން ވެސް މިންވަރެއް އުނި ނަމަ،
ތިބީންނޭ ބުރުނުގައި އެ ގެޔެއް، ކެނބެއް ނެތި އޮންނަ ނައު ފަދައޭ
މި ބޮޑުބިން ދައުރުވާ އިރުގާ އެނބުރެމުން އޭގެ ނާރެހުގައި
އެ ބުރުޖުން ކަތިވެލައިފި ހިނދަކު، ތުނބެއް ނެތި އޮންނަ ބޮން ފަދައޭ