ވޭ ދެބާރެއް ދޭހުގައި ނުބަޔާ ހެވާ ވިސްނާބަލާ
އޭގެ ރަނގަޅާ ނުރަނގަޅާ ސިކުނޑިން ވަޒަން ކޮށްލާ ބަލާ
ހެއްލުމާ ގެއްލުމުގެ ޢަމަލާ ބަސްތަކާ ވޭ ބިންމަތީ
ގެއްލުމާ ފައިދާގެ ނަޒަރުން ދުނިޔެ އަށް ވިސްނައިބަލާ
އޭނަ ބުންޏޭ މީނަ ބުންޏޭ ޔޯލަކޮށްލާ ބަސްތަކުން
ނޭނގި ދޮގު ތެދު ކަށަވަރުން ބަސްތައް ގަބޫލު ނުކޮށްބަލާ
އެއްފަހަރު ބުނިހާ ބަހާ ޢަމަލާ ނުކުރި މީހާ ދިމާ
އެއްހަރުން ކަށި ދެފަހަރަށް ނުޖެހޭނެ ގޮތް ދަސްކޮށްބަލާ
އެ ބުނަނީ ދޮގުކަން އެނގޭ އިރު ނިޢުމަތަށް ކާފަރު ވަމުން
ދެބަނދިހަރަކަށް ބަދަލުވާ ހާލަތު ބަދަލު ކޮށްލާބަލާ
ރަތްލައިން ލާޖެހި ފަޟީޙަތް ވެއްޖެ ޚާއިނަކާ އެކީ
އަތްޖަހަން ފަހަތުން ހިނގުން ހައްގަށް ޓަކައި ދޫކޮށްބަލާ
ބުއްދި އާ ވިސްނުން ތިބާ އަށް ދެއްވި ދޫކޮށް އެދުމުގާ
ހުއްޖަތެއް ދޮގު ދެއްކުމުން އަޅެ ރުއްބުޑަށް ނުޖަހާބަލާ
ވޭ އެފުށް މިފުށާ ތަފާތު އަޅުން ނިފާގުން ހޭރެވޭ
ބޭހަކަށް ނުގުޑާނެ އެހިތެއް ހޭ ތިބާ އިސްކޮށްބަލާ