Support Us

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަތަރު ސުކޫލު އެޅުމަށް އެޑިއުކޭޝަނާއެކު ސޮއިކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަތަރު ޕަބްލިކް ސުކޫލު އެޅުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާ އެކު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ.

މި ހަތަރު ސްކޫލަކީ ސަރުކާރުގެ ވަށާޖެހޭ ތައުލީމުގެ ސިޔާސަތުގެ ދަށުން ބިނާކުރާ ސްކޫލްތަކެއް ކަމަށާއި މި ހަތަރު ސްކޫލް ބިނާ ކުރުމަށް ސަރަހައްދުތައް ކަނޑައަޅައިފައިވަނީ ރައްޔިތުން އާބާދުވެ ދިރިއުޅެން ބިނާ ކުރެވޭ އިމާރާތްތަކާ ގާތުގައި ކަމަށް އެޗްޑީސީން ބުނެއެވެ.

"ދެވަނަ ފިޔަވަހީގެ މެދުތެރެއަށް ވާނެހެން ސްކޫލްތައް ބިނާކުރެވިގެން ދިޔުމުން މުޅި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހަކަމާއެކު ސްކޫލަށް ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މި ސްކޫލްތަކުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި ދިރިއުޅުމަށް ނިންމާފައިވާ ރައްޔިތުންނާއި އަދި ދިރިއުޅުމަށް އުންމީދު ކުރާ ރައްޔިތުންނަށް އެ ފަރާތްތަކުގެ ދަރިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ސަރުކާރުގެ ބެލުމުގެ ދަށުން ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ." އެޗްޑީސީގެ ބަޔާނެއްގައި ބުނެފައިވެއެވެ.

"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މާސްޓަރޕްލޭން އެކުލަވާލެވިފައިވަނީ އިޖްތިމާއީ އަދި އިޤްތިސާދީ ގޮތުން އާބާދުވަމުން އަންނަ މުޖުތަމައުއަކަށް ބޭނުންވާނޭ ހުރިހާ ޚިދުމަތަކާއި ވަސީލަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. މިގޮތުން މިއަދު މި ސޮއިކުރެވޭ މަޝްރޫޢުތަކަކީވެސް އައު ފެށުމެއްގެ އުންމީދުގައި ހުޅުމާލެއަށް ދިރިއުޅުން ބަދަލު ކުރަމުންދާ ރައްޔިތުންނަށް ގިނަގުނަ ފަސޭހަ ޚިދުމަތްތަކެއް ލިބިގެންދާނެ މަޝްރޫއުތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *