ހަމަލަ އާ އަދި ރެކުން ނޭނގެއޭ އޮތް ގޮތެއް
އަމަށަކުން ނަފުސު ކިޔަމަން ނުވޭ ވާގޮތެއް
ފުން ލޮލެއް ފުން ލޮލެއް ފުން ކަނޑެއް ފަދަ ލޮލެއް
ނީލަމާ އަދި ޖަވާހިރު ގެ ފަދަ މާކަނޑެއް
ޣަރަގު ވާން މި ކަނޑުގައި ނުދެވެއޭ ފުރުސަތެއް
ހަމަހިމޭންކަންމަތީ ވާ މިއީ ފުން ލޮލެއް
މީ ހިތެއް މީ ހިތެއް ކޯރު ފަދަ އަލި ހިތެއް
އޮއިދެމޭ ކޯރެކޭ ދޫނުކޮށް ސާއަތެއް
ގެއްލި ބެހުމުގެ ނުވޭ ކޯރުގާ ފުރުސަތެއް
ހަމަހިމޭނުން މިއީ ބޭރުފުށް ވާ ހިތެއް
މީ މެޔެއް މީ މެޔެއް ހަމަބިމެއް ފަދަ މެޔެއް
ވޭ އަޑީގައި އެތައް ހޫނު ފަރުބަދަތަކެއް
ގޮވުމަކަށް އަދި އެ ފަރުބަދަ ނުވޭ ފުރުސަތެއް
ހަމަހިމޭނުން ވިޔަސް މީ ރިހުން ހުރި މެޔެއް