ކޮވިޑް19 ޖެހިގެން 52 އަހަރުގެ އަންހެނަކުު ރޭ މަރުވެއްޖެ އެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 17 ވަނަ މީހާ އެވެ.
އެޗް.ޕީ.އޭ އިން ބުނީ ރޭ 11.30 ހާއިރު މަރުވެފައިވާ އެ މީހާ އަކީ ނޭވާލާން އުނދަގޫވެގެން އިއްޔެ ހަވީރު ފަހެއް ޖަހަން އުޅެނިކޮށް، އައި.ޖީ.އެޗަށް ގެންދިއުމުން އިމަޖެންސީގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ.
ކޮވިޑް19 އަށް އިއްޔެ ވެސް ވަނީ 153 މީހުން ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 143 ދިވެހިންނާއި 20 ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހަކާއި ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ. މި ބަލި ރާއްޖޭގައި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3949 އަށް އަރާފަ އެވެ. މި ބަލި ޖެހިގެން މިހާތަނަށް 17 މީހަކު ރާއްޖޭގައި މަރުވެފައިވާއިރު ޕޮޒިޓިވް 1305 މީހުން މިވަގުތު އެބަތިއްބެވެ.