Support Us

ވިސްނަންޖެހޭ ވަގުތު އަތުވެއްޖެ

ރައްޔިތުން "ފޭހުނު އިލޮށި ދެލޮލަށް އަލުން ހެރިގެން" ނުވާނެ
ރައްޔިތުންނަށް ހެދުނު ގޯސް ތަކުރާރު ވިޔަދީގެން ނުވާނެ

ރައްޔިތުން ވިސްނަންޖެހޭ އެބަހުރި އެތައްގިނަ ކަން ކަމެއް،
ރައްޔިތުން ހޭލައި ވަރަށް ސާބިތުވެ ކުރިއަށް ދާން ޖެހޭނެ

ގައުމުގައި ދަރި ދަރި ކޮޅަށްވެސް ނެތް ބަހާނޭ ތަރިކައެއް
ގައުމުގައިތިބި ރައްޔިތުން ދެން "ހަނު ތިބޭކަށް" ހެޔޮނުވާނެ

ވިއްކަމުން، މޯގޭޖު ކުރަމުން، ރަހުނުކޮށްގެން، ލާރިނަގަމުން،
މިންޖު ވާން ނެތް ޙާލަތަށް ދާއިރު ބަލަން ތިބެގެން ނުވާނެ

ބޭރަށާ އަދި އެތެރެއަށް ހުރި ދަރަނިތައް ޢަދަދެއް ނުވާނެ،
އޭގެ ވޭނާ، ހިތި އަސަރު މުޅި ރައްޔިތުން އުފުލަން ޖެހޭނެ

ވިއްކަމުންގޮސް މަސްކަނޑުން ބާކީ އެއޮތް "އަކަ އިންޗިވެސް"
މިލްކު ވެރިކަން ބަަދަލުކޮށް ވިއްކާލިކަން ދަންނަން ޖެހޭނެ

ގައުމު ހިނގަމުން އަދުދަނީ "ގޮނޑިކޮއްކޮ ސަރުކާރެއް ގޮތަށް"
ފަހުވަގުތު އަޅުވެތިކަމުން ގޮސް އަހުރެމެން ކަސްތޮޅު އެޅޭނެ

ރައްޔިތުންނަށް ނޭނގިހުރި ބިރުވެރި ވަރަށްގިނަ ސިއްރުތައް،
ރައްޔިތުން ހަމަ ފިތް ކަނޑައިގެން ދާވަރުގެ، އެނގި ފައުޅުވާނެ

އަހުރެމެންގެ އަމިއްލަ ޤައުމެއް އޮތްކަމުގެ ހިތް ހަމަޖެހުން،
އަހުރެމެންނަށް އަދު ނެތޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެ

ލޯބިވާ ޤައުމުގެ މިއޮތް ބައްރާއި، ބަޙުރާ ވިއްކިޔަސް،
"ކޯލިޝަން، މަތިވެރި މަޤާމުގެ އެދުމުގައި އޮވެ" އަތް ޖަހާނެ

މާދަމާ ޤައުމުގެ ޒުވާން ޖީލެއް އުޅެން އޮތް ޤައުމުމީ
ދާގޮތަށް ދާން! ވާގޮތެއް ވާން! ޤައުމު ދޫކޮށްގެން ނުވާނެ

އަދު އުތީމުގެ ތިންތަކުރު، އަދި ދަންޑަހެލު ނެތް ދުނިޔެއަކު،
އަދު ދިވެހި ހަމަ ކޮންމެ ދަރިޔަކު "ތަކުރަކަށްވެސް" ވާންޖެހޭނެ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *