Support Us

އޮގަސްޓް ފުރަތަަމަ ދުވަހު ވެސް 153 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް އޮގަސްޓް ފުރަތަަމަ ދުވަހު ވެސް 153 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ކޮވިޑް19 މި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ އޮގަސްޓް މަހު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ދުވާލެއްގެ މައްޗަށް 170 މީހުން ޕޮޒިޓިވް ވެދާނެ ކަމަށް ނޭޝަނަލް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެން.އެޗް.އީ.އޯ.ސީ)ން ވަނީ ލަފާކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 143 ދިވެހިންނާއި 20 ބަންގްލެދޭޝް މީހުންނާއި އިންޑިއާ މީހަކާއި ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ. މި ބަލި ރާއްޖޭގައި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3949 އަށް އަރާފަ އެވެ. މި ބަލި ޖެހިގެން މިހާތަނަށް 16 މީހަކު ރާއްޖޭގައި މަރުވެފައިވާއިރު އެކްޓިވް 1305 މީހުން ހިމެނެ އެވެ.

މީގެ އިތުރުން މި ބައްްޔަށް ހޮސްޕިޓަލްތަކުގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ދެގުނަ އިތުރުވެގެން ހިނގައިދާނެ ކަަމަށް ވެސް އެން.އެޗް.އީ.އޯ.ސީގެ އެ ދިރާސާގައިވެ އެވެ.

ކޮވިޑް19 އާ ގުޅިގެން މުޅިރާއްޖެ ދެމަސް ދުވަހަށް ލޮކްޑައުން ކުރުމަށް ފަހު ލުއިތަކެއް ދޭން ފެށުމާ އެކު ބަލި ޖެހޭ މިންވަރު ވަނީ އިތުރު ވެފަ އެވެ. މި ބަލި ފެތުރޭ މިންވަރު ކުޑަ ކުރުމަށް ބޭރުތެރޭގައި އުޅޭ އިރު މާސްކް އެޅުން މިހަރު ވަނީ މަޖުބޫރު ކޮށްފަ އެވެ. އަދި މާސްކް ނާޅާ ފަރާތްތައް 1000 ޖޫރިމަނާ ކުރަން ވެސް މިއަދު ވަނީ ފަށައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *