ބީހުމުގެ އިހުސާސަކުން ނޫނޭ މި ހިތް ކުދިކުދި ކުރީ
ހީނލުމެއްގެ ނުފޫޒަކުންނޭ ތުނި މިހިތް ފޮތިފޮތި ކުރީ
ރޯޅިވަޔަކުން ޖެހުނު ފިނި ނޫނޭ މި ހިތް ހަލަބޮލި ކުރީ
މޯޅިއަށް ދެމިލީ އަދާއިންނޭ މިހިތް މަޑުމޮޅި ކުރީ
އޮއިވަރެއް ދެމި ބާރަކުން ނޫނޭ މި ހިތް ކުނޑިކުނޑި ކުރީ
ރޮއިލުމުގެ ލުޠުފީ ޅެމުންނޭ ހިތް އެކީ ފުނޑުފުނޑު ކުރީ
ހަނދުވަރީ ޖަޒުބާތަކުން ނޫނޭ މި ހިތް މަސްތުން ފުރީ
ލަދުރަކިވެ އިސްޖެހުނު ގޮތަކުންނޭ މި ހިތް ބޮއްސުން ކުރީ
ފިޔަތަކުން ފިނިފެންމަލުގެ ނޫނޭ މި ހިތް ކުލަކުލަ ކުރީ
ތިޔަ ލަޠީފީ ތުންފަތުންނޭ ހިތް މަގޭ މަލުމަލު ކުރީ
ދަގަނޑު ޖަލަކަށް ލައިގެނެއް ނޫނޭ މި ހިތް ބަންދެއް ކުރީ
މަދަދުވެރި ރަން ހިލިހިލާއިންނޭ މި ހިތް ގައިދެއް ކުރީ