Support Us

ބަތްކައްކާ

ބަލާބަލަ ފެންނަ މަންޒަރުތައް ދުރާގާތުން އެހެރަ ފައްކާ
ބަލާ ފޫއްސެއް ނުވާނޭހެން އެއިން ނަލަ ސޫރަ ފަރި ދައްކާ

އަޅައި އިއްޗަށް އެހެރަ ދުވަމުން ދުވާލުގެ ލޯތަކަށް ބަލަމުން
އަޅައިގެން އެންމެ މޮޅު ގަހަނާ ސަފުން އެ ވަނީ ފިލައި ރައްކާ

ވަލަށް ވަދެ ދަރު ކޮށަން ކަތިވަޅި ހިފައިގެން ދިޔަ ދުވަސް މާޒީން
ބަލަން ތިބެ ކޯޅެނީ ފަންގަނޑު ހިބަރުހެން ކަނޑުމަތިން ދައްކާ

ކަމަށް ނިޝާން ހުއްޓަސް ޒަމާނީ ފާޑު ފާޅު ވިޔަސް
އަމާނާ ސުލްހައަށް ނުބަލައި ދަނީ ހުރި ވަރު ހަށިން ދައްކާ

ގަދައިގައި ޖުންޖުލައި ކޮޅިގަނޑު ފެޔަށް ޖެއްސޭނެޔޭ ހީކޮށް
އަދައިގެން ދެކިލުމަށް "ރަންދާން" ބަލާތަން ފެންނަނީ މައްކާ

ދަވާލޭ އޮހޮރަމުން ކަންކަން ސަހަލު މަގަކުން ކުރަން އެދި ތިބެ
ހަލާށޭ ބުނެ ކަމުން ކަނޑުމަސް ބޮނީ ޝަރުބަތު ފޮލާ ކައްކާ

ކަތަކު އިންސާފުގައި ތެދުވެރި ވަނީ ނަމަ އަދުލުގައި ހަމަހަމަ
ވަތަށް އިސް ޖައްސަނީ ކަސްތޮޅު އަޅައި ވޭނާ އަހުވަ ދައްކާ

ރަނގަޅު ހެޔޮ ބުއްދި ސިކުނޑިތަކުން ފިލީބާއޭފިލީބާއޭ
އަމަލު ކުލުނާއި ހަމްދަރުދީ ނެތޭ، ވަހުމާ އޮތީ ޝައްކޭ

ތަރައްގީ ކޯދުލައި ބިންގަނޑު ފަޅައިގެން އުތުރި އަރަނީއޭ
ވަރަށް ރީއްޗޭ ވަރަށް ޗާލޭ ބުނޭ އެންމެން އެ ދަޅަ ދައްކާ

ތޮޅޭހެން ކުޑަކުދީން ކުޅުމާ މަޖަލުގައި ލޮންނި ބޮންނިތަކާ
ކުޅޭ ތަން ފެންނަނީ އަދިވެސް ދެ ދަދަޅަޔަށް ދެ އިރު ބަތްކައްކާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *