ކަށްފުޅިޔަ ލައްވަވާ
ބައްދަވައިމަތި ޖައްސަވާ
ޔަށްއަޑި ކަނޑަށް ދޫގެވާ
ފައްތަވައި އެރި ރަންނަމާ
ނަށްދީ އެނބުރު ވިޔޭ ދީބު
ޙައްޤު މަގަށް ދިވެހިދީބު
ޔޫސުފުލް ބަރުބަރީ
ސޫރަޔަށް ރަންނަމާރީ
ހޫނު ޙަމަލާ ދެއްވެވީ
ތޫނުކަނޑިއިން ހަލުވިވީ
ނޫރުފެތުރުއް ވުމަށްދީނު
މޫރިތި އިސްލާން ދީނު
ހުރިކަމުން ކަންއެހެން
ހުރިހައިކަތުން އެކުވެގެން
ފުރިހަމަވި ދީ ނާއި ގެން
ކުރިއަރައި ވީ ދާށެ ދެން
ހުރިކަމަކު ގޮންޖެހުން ދާށެ
ކުރިއަށް ދީން ގެންދާށެ