Support Us

އޭ މިއޮތް ބޮޑު ދުނިޔެއާއޭ! ތިޔަ ކީއްކުރާ ދުނިޔެއެއް؟

އޭ! މިއޮތް ބޮޑު ދުނިޔެއާ، ތިޔަ ކޮންކަމެއް ކުރެވޭ ތަނެއް
"ބޭނުމެއް ނުފުދޭ" އަގެއް ނެތް ކީއްކުރާ ތިޔަ ދުނިޔެއެއް

ދުނިޔެ ހިތަކަށް މީހުނަށް ދީގެން ނުބައި ކަންކަން ކުރަން
ދުނިޔެ އަދު ތިޔަ ހަނުއޮތީ ދެން ކީއްކުރާ ތިޔަ ދުނިޔެއެއް

މިތަނުގައި ރާބޮއެ ޒިނޭކޮށް މިތިބަ ފާޙިޝް ޢަމަލުކުރަނީ
މިވަރުވެސް ނޭނގޭ އަނދިރި ކަނު ކީއްކުރާ ތިޔަ ދުނިޔެއެއް

ވައްކަމާ މަކަރާ ކޮރަޕްޝަން ހާއްޔަކަށް މުޅި ދުނިޔެ ވާއިރު
ލައްކަ އުފަލުން ހަނު އޮތީމާ ކީއްކުރާ ތިޔަ ދުނިޔެއެއް

އެކަކު އަނެކަކު ރޭޕްކޮށް މަރަމުންމިދާއިރު އޮވެ ބަލަން،
އެކަމުގައި ޙައްލެއް ނުހޯދޭ ކީއްކުރާ ތިޔަ ދުނިޔެއެއް

ޤަތުލުކޮށް މީހުންމަރައި ގެދޮރާ މުދާތައް ފޭރުނަސް
ޢަދުލު އިންސާފެއް ނުހޯދޭ ކީއްކުރާ ތިޔަ ދުނިޔެއެއް

އަޑުއަހާށޭ ތިޔައޮތީ މީހުން ގޮވާހައި ކުފުރުތައް،
އަޑުއިވޭ ކަމަކަށް ނުހަދައޭ ކީއްކުރާ ތިޔަ ދުނިޔެއެއް

ކަނޑުތަކާ އަދި ފަޅުތަކާ އަދި ފަރުތަކާ އަދި ބިންތަކާ،
ދަނޑުތަކަށް ދިރުމެއް ނުދެއްވޭ ކީއްކުރާ ތިޔަ ދުނިޔެއެއް

މަރުވެގެން މިލިއަން މިލިއަނުން ނެތިދިއަސް ދުނިޔޭގެ ބިމުގައި
މަރުނުވާ ވަރު ކޮށްލަ ނުދެވޭ ކީއްކުރާ ތިޔަ ދުނިޔެއެއް

ބޮޑެތިސިންގާ ކާރިސާޔާ ބޮޑެތި ޠޫފާނާ މުޞީބާތް،
ބޮޑެތި ގެއްލުންދީ ހަދާއިރު ކީއްކުރާ ތިޔަ ދުނިޔެއެއް

ދުނިޔެ ތިޔަ އެއްވެސް އަގެއްނެތް ކުނިގަނޑެއް ފަދަ މަންޒިލެއް
"ދުނިޔެއަށް ނެތް ސާޢަތެއްވެސް" ކީއްކުރާ ތިޔަ ދުނިޔެއެއް

މިއަދު ކަށަވަރުވެއްޖެ ތިޔަ ދުނިޔޭގެ ނެތް އެއްވެސް އަގެއް
މިތަނުގައި އަޅަމެން އުޅެން ތިޔަ ބޭނުމެއް ނެތް ދުނިޔެއެއް

އަޅަމެނަށް ހަމަ ޢަދުލުވެރި ބަދަލެއް ލިބޭނޭ ދުވަހަކީ،
ހަމައެކަނި މަޙްޝަރު ދުވަސް! ދެން ކީއްކުރާ ތިޔަ ދުނިޔެއެއް

ކޮންމެ ކަމަކަށްވެސް އިރާދަ ކުރައްވަނީ الله ކަން،
އޮންނަ އީމާނޭ މިއީ ދެން، ކީއްކުރަން ތިޔަ ދުނިޔެއެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *