ހިތުގެ ކެކުޅުންތަކުގެ ފުންކަން އަހަންނަށް ބުނެދެވޭނޭނަމަ
ދެތަން ވާން ނޭދެނީކަންވެސް އަހަންނަށް ބުނެދެވޭނޭނަމަ
ނުބުނެ ހުރެ އުފުލި ތަކުލީފުން، ހިތަށް އަނިޔާ ކުރާ އަސަރުން
ލިބުނު ހިތްދަތިކަމާ ވޭނާ އަހަންނަށް ބުނެދެވޭނޭނަމަ
ފިދާ ލޯބިން ވެގެން، އަހުދާ ހުވާކޮށް ހެކިވެރިންކަމުގައި
ވިދާތަރިތައް ގުނާލާފައި އަހަންނަށް ބުނެދެވޭނޭނަމަ
ކަނޑުން އުދަވާ ބޮޑެތިރާޅާ، މަޑުން ނެގި ކުދި އެތައް ރާޅުން
ފަނޑެއް ތިޔަ އަސަރު ނުކުރާކަން އަހަންނަށް ބުނެދެވޭނޭނަމަ
ޖެހޭ ފިނިރޯޅިއެއް ފަދައިން، ހަށީގައި ބީހި އިހްސާސާ
މެހޭން ހިތުގައި ކަލާ އޮތްކަން އަހަންނަށް ބުނެދެވޭނޭނަމަ
ޚިޔާލުގެ ގަނޑުވަރެއްގައި ހުވަފެނީ އުޅެމުން ކަލާއާއެކު
ލިޔާ ފޮޅުވަތްތަކެއް މީ، ކަން އަހަންނަށް ބުނެދެވޭނޭނަމަ