...

Support Us

ރަޝިޔާގެ މުއްސަނދީން ދުބައި ފުރާލައިފި

ރޫސީވިލާތުގެ މިލިޔަނޭރުންގެ ހިތްތައް ދަމައިގެންނަ ތަނަކަށް އިމާރާތް ވެއްޖެ ކަމަށް ދުނިޔޭގެ މަޝްހޫރު ވިޔަފާރި ނޫސް ބްލޫމްބަރގުން ބުނެފިއެވެ.

ބްލޫމްބަރގް ބުނާގޮތުގައި ރޫސީ މިލިޔަނޭރުން އެންމެ ބޮޑަށް އޮހެމުންދަނީ ދުބައިއަށާއި ދުބައިގެ ވަށައިގެންވާ ސަރަޙައްދުތަކަށެވެ. އެމީހުން ވަނީ ދުބައިގެ ބޮޑެތި ޢިމާރާތްތައް ގަނެ ވުނަކުރުމުގެ މަޝްރޫޢުތައް ހިންގާން ފަށައިފައެވެ. ރަޝިޔާގައި ހުރި އެމީހުންގެ ކުންފުނިތަކުގެ ގޮފިތައް ދަނީ ހުޅުވަމުންނެވެ.

ބްލޫމްބަރގް ބުނާގޮތުގައި ރޫސީ މަހުޖަނުން ދުބައިއަށް އޮހެންފެށީ ޔުކްރޭން ހަނގުރާމަ ފެށުމާ ވިދިގެން އެމީހުންނާ ދެކޮޅަށް ހުޅަނގުން ފިޔަވަޅުތައް އަޅާން ފެށުމުންނެވެ.

ބްލޫމްބަރގްގެ މި ރިޕޯޓު ބުނާގޮތުގައި ރަޝިޔާގެ ވުނޭރުން ދުބައިއަށް އަންނަނީ ވަރަށް ބާރަށެވެ. މި ކަމުގެ ސަބަބުން އިމާރާތުގެ މާލީ އަދި ސަޤާފީ ޙަޔާތަށް ވަނީ އިތުރު އާރޯކަމެއް އައިސްފައެވެ. ބައެއް މަހުޖަނުން ދަނީ ދުބައިއިން ޢިމާރާތްތައް ގަންނަމުންނެވެ. އަނެއް ބައި މަހުޖަނުން ދަނީ އެމީހުންގެ ރޫސީ ކުންފުނިތަކުގެ ގޮފިތައް އިމާރާތުގައި ހުޅުވަމުންނެވެ.

ބްލޫމްބަރގް ބުނާގޮތުގައި އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދާއި އިނގިރޭސިވިލާތާ ޚިލާފަށް އިމާރާތުން ރޫސީ ވުނޭރުންނާއި މަހުޖަނުންނާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް ނާޅައެވެ.

އިމާރާތުގެ ރައީސް ޝައިޚު މުޙައްމަދު ބިން ޒާއިދު މި ދިޔަ އޮކްޓޯބަރު މަހު ރަޝިޔާއަށް ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. ރައީސް ޕޫޓިނާއެކު ބޭއްވެވި ބައްދަލުވުމުގައި ދެ ރައީސުން ވަނީ އިޤްތިޞާދާއި ވިޔަފާރީގެ މައިދާނުގައި އެއްބާރުލުން ފުޅައުކޮށް ވަރުގަދަ ކުރުމަށް އެއްބަސްވެ ވަޑައިގަންފައެވެ. މި ބައްދަލުކުރެއްވުން އޮތީ ސޭންޓް ޕެޓްރިސްބަރގް ސަހަރުގައެވެ. ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު އެ ދެ ޤައުމުގެ ދެމެދުގައި ބަދަލު ކުރެވިފައިވާ ވިޔަފާރި ވަނީ ފަސް ބިލިޔަނަށް އިތުރުވެފައެވެ. ގަލްފުގެ ޤައުމުތަކުގައި ރޫސީވިލާތުގެ އަޞްލު ކުންފުނިތަކުގެ ތެރެއިން 4،000 ކުންފުނި މަސައްކަތް ކުރާތަން ފެނެއެވެ.

ބްލޫމްބަރގް ބުނާގޮތުގައި "ރޫސީ ނުފޫޒު ވަނީ ވިޔަފާރީގެ މައިދާން ފަހަނަޅައި ގޮސްފައެވެ. ރަޝިޔާގެ މަޝްހޫރު ބްރިމަކޯވް މަދުރަސާގެ ގޮތްޕެއް މި ދިޔަ އޮގަސްޓުގައި ވަނީ އަބޫ ޡަބްއުގައި ހުޅުވައިފައެވެ."

ބްލޫމްބަރގް ބުނާގޮތުގައި އިމާރާތުގައި އަލަށް ވުނަކުރާ މީހުންގެ ތެރޭގައި ރޫސީންނާއި އިސްރާއީލީންނާއި ބިޓްކޮއިންގެ ފައިސާވެރީން ހިމެނެއެވެ. ކޮވިޑްގެ ދުވަސްވަރުގައި ޔޫރަޕްގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުން އނިގިރޭސިވިލާތުން ބޭރަށް ނުކުތް ބޭންކްތައް ވެސް ވަޒަނެއް ކަމުގައި ހެދީ އިމާރާތެވެ.

ބްލޫމްބަރގް ރިޕޯޓް ބުނާގޮތުގައި މިކަމުގެ ސަބަބުން ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި އިމާރާތުގައި ޢިމާރާތްތަކުގެ އަގު ވަނީ 70.3% މައްޗަށް ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.