Support Us

އިވޭ އަޑު…

ނުބަލަނީހޭ؟ ނުކިޔަނީހޭ؟ ނުއިވެނީހޭ؟ ރައްޔިތުން އަޑު
ދުނިޔެއަށް ދަތި ޙާލަތެއްގެ އެލާމު އަޅަމުން އަންނަ އަޑު

ކަންފަތަށް އިއްވަން ނުކުމެ އެއްޗެއްބުނާ މީހަކު ނަގައި،
އިންތިހާ ދަރަޖައިގެ އަނިޔާކޮށް ހިފައި ހައްޔަރު ކުރާއަޑު

މުއްސަނދިންވެސް ނެތް މިތާނގެ ފަޤީރަކަށް ވާނޭއެހީއެއް
މުއްސަދިން އަޑަކީ ނަގައި، ޓެކުހާއި، ޖީ އެސް ޓީ ގެއަޑު

އެއްބަކު ޝަކުވާ އެކުރާނީ ބޭނި މަސްކޮޅު ނުކިރިގެން
އެއް ބަޔަކު ކިރި މަހުގެ ފައިސާނުލިބިގެން ޝަކުވާގެ އަޑު

ދުނިޔެއަށް އަދު އަންނަނީ ބޮޑު އިޤްތިޞާދީ" ކާރިސާއެއް"
ދުނިޔެއިން އިވެނީ ފަޤީރުން ރޯއަޑާ އާދޭސް ކުރާ އަޑު

ހާދަ ދެރައޭ އަބަދުވެސްހަމަ ލޯނުނެގުމާ ބޮންޑު ވިއްކުން،
ޙާލަކީ މޯގޭޖު ކުރުމާ ރަހުނު ކުރުމޭ ވެސް އިވޭ އަޑު

ޤައުމުގައި ހަރުލާ އިރެއް ނާދޭ މިތާތިބި ހަރު ބަޔަކު،
އަބަދުވެސް އެކި ކަރަ ކަރާގައި ކުޅިސަމާ ކުޅެމުން އެދާއަޑު

ތަންތަނަށް ގޮސްގެން އެތަން ތަނުގައި އެދޭހައި މިންވަރަށް،
ތަންތަނުން ނުލިބިއްޖެނަމަ ދެން ޗާޕްކޮށްގެން ގެންނައަޑު

ޙާލުގައި އެންމެން އުޅޭއިރު ތަންތަނުން ހޯދާއެހީ
ވާނުވާއެއް ނޭނގި އިވެނީ" ލާރިކޮޅު ވެސް ކާލި އަޑު"

ކޮންމެ ބޭފުޅަކާއި ބައްދަލު ވެއްޖެނަމަ، ވިއްކާ ރަށެއް،
ކޮންމެހެން ޤާނޫނަކަށް ބެލުމެއްނެތޭ މިހުރީ އިވޭއަޑު

އެކުއުޅޭ އަޢްވާނުނަށް "ހުރިހާ ތިޖޫރީ ހުޅުވިފައި"
އެކުއުޅޭ ދަރިދަރިކޮޅަށް ވެސް ބައިއެޅޭ ކަމުގައި ބުނާއަޑު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *