Support Us

މީ ހުރިހާ ދިވެހިންގެ ޤައުމު

މިގައުމުގެ އެންމެ ވަރުގަދަ ބަޠަލު، ދޮންބަންޑާރައިންގެ ނިޝާން
މިޤަރުނުގެ ޤާތިލެއްގެ ކަރަށް އަޅައިދިނުމީ އެއީ ޖޯކެއް

މިއަދު މުޅި ހިންދުކަރައިން މުސްލިމުން މެރުމުގެ ކޮމާންޑަރަކަށް،
މިފަދަ ޢިއްޒަތްދިނުން މީ މުސްލިމުންނަށް ކުޅަ މަލާމާތެއް

އެތައް ގިނަ މުސްލިމުން އަޅުކަންކުރާ މިސްކިތް ތަޅައި ފުނޑުކޮށް
އެތައްހާސް މުސްލިމުން މެރި ގާތިލަށް ދޭން ހެޔޮނުވާ ޝަރަފެއް

ސަތޭކަ ސަތޭކަ އިސްލާމީ މި މަތިވެރި ގައުމަކީ ކުޑަޔަސް
ސަތޭކަ ކުރޯޑު ދިނަކަސް އަދި ތިހެން ވިއްކާނުލަންވި ތަނެއް

އެތައްމިލިޔަން ބަޔަކު ހައިހޫނުގައި ތިއްބާ ތިމާ ޤައުމުން
މިތަން މުއްސަނދިކުރާ ނަމުގައި މިކުޅެނީ "ކޮންކަހަލަ ފިލްމެއް"

"މިއީހަމަ އެއްގަހެއްގައި ފޮޅުނު ދެމަލޭ" ބުނެ ޚުޝާމަދުކޮށް
މިގައުމުގެ އެއްގަމާއި ކަނޑާ ދަމައިގަތުމުގެ ނުބައި މަކަރެއް

އަވަށްޓެރިޔޭ ކިޔައިގެން އައިސް ވަރަށް ހެޔޮމީސް ވެގެން އުޅެފައި،
ބަލަން ތިއްބާ މިތަން އަޅުވެތި ވެގެންދާ ރީތި ތަމްސީލެއް

ވެދިޔަ މާޒީގެ ތާރީޚުން ވެދިޔަ ބަޠަލުން، ޖިހާދުތަކުން
ވެދިޔަ ޢިބްރަތުގެ ދަރުސުތަކުން "މިކުޅެނީ ހަމަ ނުބައި ކުޅިޔެއް"

ދެނެއް ހަމަ ލާހިކެއްވެސް ނޫން "މިވަކިދަށަކުން" ސަލާމަތްވާން،
ނެތޭ ކުރިޔަށް ސަތޭކަ އަހަރު ނުދީ ދެން ފަރުޖެހޭނެ ގޮތެއް

މިގައުމުގެ މިލްކުވެރި ކަމަކީ މިގައުމުގެ ރައްޔިތުން ޙައްގެއް،
މިގައުމުގެ ހަމައެކަނި ވެރިކަމުގެ ޙައްގެއް ނޫން، ތިއީ އޮޅުމެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *