ކަށި ނެތް ދޫ ދެއަތަށް ފުރޮޅެންޏާ
މަށި، މިނި، މުޅަމަސް ކާ ހިތްވަންޏާ
ހަށި އެކަމަށް ހުސްކޮށް ހުންނަންޏާ
ދޭދޭ މީހުން ދޭތެރެއަށް ވަދެ
ފޭދެވި ފާވެވި ދިރިއުޅުމަށް ވަދެ
އެ އެދޭ އެދުމެއް ޙާސިލުވަންޏާ
ޚުލްގެއް، ގަދަރެއް، އީމާނެއްވެސް
ޒުލްކަން އަދަބުގެ ފުކު، ޒައްރެއްވެސް
އުޅުމުން ފެންނަން ނޯންނާނެންޏާ
ކުރިއަށް ދެމިގަނެ އެ މެޑަލް ހޯދަން
ފުރި ދަންދެން ތަރި މޭގައި އަތުރަން
ފުރިހަމަ ދޮގުތައް މަޤުބޫލްވަންޏާ
ނަފްސުލް ޢިއްޒަތް ވެއްޔާ މޮޑެމުން
ނަފުރަތު ފަތުރާ ގިނިރޯ ކުރަމުން
ހަފުށުން ފިހެވެން ބޭނުންވަންޏާ
ހިތްހަމަ ޖެހުމެއް، ނެތް ދިރުއުޅުމެއް
ނިތް ސަޖިދައިގައި ތިރިނުވެ ހިލަމެއް
އުފަލެއް އަމުދުން ނުލިބޭނެންޏާ
ގޮތްތައް ނަބަވީ އޮއްބާ މިންތައް
އޮތްމަގު ދޫކުރި ބިރުނެތް ހިތްތައް
ފޮތް މާތް ވަޙްޔުގެ ނުމެހުޅުވަންޏާ