Support Us

ހެޔޮއެދޭ އިލްތިމާސެއް

ޙަރާމް ކަމަކަށް ބަޙުސް ކޮށްގެން ޙަލާލު ކަމެއްކަމަށް ނުހެދޭނެ
ޙަލާލުކަމެއް ޙަރާމް ކަމަކަށް ހަދަން ފާހެއް ނުވެސް ކުރެވޭނެ

ކިތަންމެ ފުޅާވެފައި ބޮޑު އަޣްލަބިއްޔަތު އަދި އޮތަސް ލިބިފައި
ހިތަށްއެރި ކޮންމެ ގޮތަކަށް މިތަނުގައި އުޅެވޭކަށެއް ނޯންނާނެ

ވަރަށް ނިކަމެތި ބައެއް އަޅަމެންނަކީ މަތިހަށި ނަގައި އުޅުނަސް
މަރަށް ޙާޒިރުވެ ނިމި ދާނޭ ވަގުތުވެސް އަޅަމެނަށް ނޭނގޭނެ

ޙަލާލު ޙަރާމަކީ ޤުރްއާނުގައި ކަނޑައެޅި އެނގޭ ކަންކަން،
ނަގައި ޕާޓީގެ ވޯޓު ތަކުން އެދޭ ގޮތަކަށް ނުއެއް ނިންމޭނެ

ކަމެއްލިބުމާ އެކީގައި "އާސްމާނަށް ހިތް އަރައިގެން ގޮސް"
ތަމެއް ހެއްދެވި ފަރާތަށް ގޮންޖަހައި، މަތިހަށި ތިހެން ނުނެގޭނެ

ތިހެން އޮޑިއަށް ވުރެން މާބޮޑު ރިޔަލުގައި ދަތުރު އަދި ފެށިއަސް
މިއޮތް ގަދަ ކަނޑުގެ މޯޖު ތެރޭ ތިހެން ދުއްވާކަށެއް ނުކެރޭނެ

ތިހެން "ކުކުޅަށްވުރެން އަދި ބިސް ދޮށީވެ" އުޅެން ދިމާނުކުރާތި،
ތިހެން  އާކުކުޅު އެއަޅާ ގާބިހެއް" ދަރިމައިވެގެން ނުވިހާނެ

ތިރީގަޑިއަށް، މޮޅެތި ބެޓްރީ އަޅައިގެން އަބަދު ހަމަކުރިއަސް،
"މަތީގަޑި ނުޖެހެނީސް" އެއްވެސްކަމެއް ވާކަށް ނުއެއް އޮންނާނެ

"ލިބުނު ބޮޑު އަަޣްލަބިއްޔަތަކުން ދުނިޔެ ހިތަކަށް ލިބުނުކަމުގައި
ބެލުނުނަމަ ދެން ހަލާކުވެދާ ކަށެއް މާގިނަ ހިނދެއް ނުނަގާނެ"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *