Support Us

ޑރ. ޢަބްދުالله ވަޙީދުގެ ހަނދާނުގައި…

ދިވެހި ޞިއްޙީ ދާއިރާއިން ގެއްލިދިޔަ މޮޅު ޑަކްޓަރެއް
ދިވެހި ޤަޢުމުގެ ޑަކްޓަރުން ޓީމުން އުނިވެދިޔަ ސާޖަނެއް

ޚިދްމަތުގެ އަގުހުރި ތިރީސް އަހަރަށްވުރެން ދިގު މުއްދަތެއް
ޚިދްމަތުން އެކި ދާއިރާ ފުރިހަމަ ކުރެއްވެވި ޑަކްޓަރެއް

އެކި ތަފާތު އެތައް މަޤާމެއް ދައުލަތުގެ އެކި ދާއިރާއިން
އެކިފަހަރު ޒިއްމާ އަދާކޮށް ދެއްވި ތެދުވެރި ޑަކްޓަރެއް

މިފަދަ ޞިއްޙީ ކުރިއެރުން ޤައުމަށް އައިސްފައި ނެތްދުވަހު،
އެފަދަ ދަތި ޙާލުން ވިޔަސް ޚިދްމަތް ކުރެއްވެވި ޑަކްޓަރެއް

ހޮސްޕިޓަލު ތިއޭޓަރެއްގައި ރަނގަޅު މޮޅު އާލާތް ތަކެއް،
ނެތް ދުވަހުވެސް ސާޖަރީ ޚިދްމަތް ކުރެއްވެވި ޑަކްޓަރެއް

ޑަކްޓަރަކު ހުންނަންޖެހޭ ފަދަ ޚުލްޤު ހެޔޮ ހިތް ހެޔޮކަމާ،
ޑަކްޓަރެއްގެ މަޤާމު، ފުރިހަމަ ޝަރްޠު ހަމަވާ ޑަކްޓަރެއް

ޚާއްސަކުރެވޭ އެކި ރޮނގުން އެކިފަންނުގައިވެސް ކުރިއަރައި،
ޙާއްޞަ ޤާނޫނީ ވަކީލެއް، ލޯޔަރެއް އަދި ޑަކްޓަރެއް

ހެޔޮ ލަފާ ސާދާ މިޒާޖުގެ އިޖްތިމާޢީ ބައްޕައެއް،
ހެޔޮ ދުޢާ، އެފުރާނަޔަށް އެދެވޭނެ ވެސް މީ ޑަކްޓަރެއް

ނުހަނު އުފަލާ ނިިިޢްމަތާ ﷲ މަތިވެރި ޙަޒްރަތުން،
ސުވަރުގެއިން އެފުރާނަޔަށް ދެއްވާށިއޭ! ދާންމަތިކޮޅެއް

ޢާއިލާޔަށް އަބަދުވެސް އެދެނީ އިތުރު ތަނަވަސްކަމެއް،
ސާބިތުވެ އީމާނުގައި ތިބުމަށް އެފަދަ ކެތްތެރިކަމެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *