ހިތްތަކުން ދީ ހިތތްތަކަށް ސީދާ ނަޒަރު
ބުއްދި އަށް ކާނާ ދެޔޭ ނެތް ވިހަ އަސަރު
ފިރުމަމުން ކަންފަތްދޮށުން ފަހި ބަސްތަކުން
ދިރުވަމުންދޭ ތަރުބިޔަތު ވެރިވީ އަބުރު
ކަނޑުތަކުން ފުން ދުންޔަވީ އާޖާއި ފާޖު
ބުނެދެމުން ދަސްކޮށްދެޔޭ އޮއި ބާރު ވަރު
ރޯޅިޔަށް ވައި އެނބުރެމުންދާ މޫސުމީ
ގޯޅި ނާޅާ ގޮތް ކިޔައިދޭ ގައި ދަތުރު
ވަންތަކަން މީހާގެ ދީނާ ވަންހަޔާ
ކަންތަކާ ލާޒިމު ކުރާ ގުޅުވައެ ފިކުރު
ރީތި ޚުލްޤުން މީރުފެން ސީދާ ދެނީ
ޖީލުގައި ހުޅު ރޯނުވާހެން ހަޑި ހުތުރު
މީހުނޭ ބައްޓަން ކުރަން ތިބި މާދަމާ
ރީތި ގޮތަކަށް ޓީޗަރުންނީ ވެރި ހުނަރު
ދަރިކުލުނު ގައި ދަރިވަރުން ލޮއްސާ ތިބާ
އަރިއަހަށް އެދިގެން ދުއާ ކުރަމޭ އަޖުރު