Support Us

ވަރަށް ނާޒުކު ޙާލަތެއް…

އަހާލަން ހިތްފަސޭހަ އަޑެއް، ކިޔާލަން ހެޔޮ ރަނގަޅު ޚަބަރެއް،
ބަލާލަން ރަނގަޅު ތަޞްވީރެއް، ހިނގާލަން ސާފު ރީތި މަގެއް
އަމާންކަން ޤައުމުގައި އަދުނެތް ބަލައި ވިސްނަން ޖެހޭނެ ކަމެއް

ތަނެއް ސުންޕާވެ، ނެތި ދާއިރު، ތަނަށް ކުރިމަތިވެދާ ކަން ކަން
ތަނަށް އެކިއެކި ހިތާމަ ތަކާއި އެކިވަރު ކާރިސާތައް ވެސް
ތަނަށް މެދުވެރި ނުވާ ދުވަހެއް ނުދޭ، ބިރުވެރި އެއީ މެސެޖެއް

ހަލާކު ތަނެއް، ވެގެން ދާއިރު، ދިމާވާނޭ އެތައް ސަބަބެއް
ބަލާޔާ އަދި މުޞީބާތްތައް ގިނައިން ކުރިމަތި ވެދާނަމައީ
ބަލައިގެން ކޮންމެ ކަމަކީ ޢިބްރަތެއް ޙާޞިލް ކުރަންވި ކަމެއް

ތަނުގެ ތަޚްތުން ފަށައިގެން އައިސް ތިރީ ގޮނޑިބަރި ތަކާ ހަމަޔަށް،
ތަނުގެ ނިކަމެތި ފަޤީރުންނާ ނުދީ، ވައްކަން ކުރަން ފެށުމުން،
ތަނުގެ ތިބިހާ ޔަތީމުން "ބަދު ދުޢާ" އެޔަކީ ޖެހޭނެ ކަމެއް

މިއަދު ބިރުވެރި ނުވާނެ ހިތެއް، މިއަދު ފެންކަޅި ނުވާނެ ލޮލެއް،
މިއަދު ކަންބޮޑު ނުވާ ނަފުސެއް، މިއަދު ހައިހޫނު ފިލި ދަރިޔެއް،
މިއަދު ކައިބޮއެ، އުޅޭނެ ގޮތެއް ނެތޭ "ޕާޓީގެ ނޫން މީހެއް"

މުޅިން އޮޅުވާލުމާ މަކަރާއި، މަތިވެރި ޢަދުލު އިންސާފާ
"ކުރިން ފެށިގެން، ބުޑާ ހަމަށް އޮތީ ކެންސަރު އެއަށް ޖެހިފާ"
މުޅިން ރަނގަޅެއް ނުވާނެ! ބުޑާ ހަމައިން އެއްކޮށް ކަނޑާ ނުލައެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *