Support Us

ކޮލަމް ކޯދު: އޭގެ މައްޗަށް ނަޒަރު ހިންގާލުން ރަނގަޅު ބުއްދިވެރި ބަސްކޮޅެއް

ތިރީގައި މި ވަނީ އޭގެ މައްޗަށް ނަޒަރު ހިންގާލުން ރަނގަޅު ބުއްދިވެރި ބަސްކޮޅެކެވެ.

  1. ހައްގު ގޮތް ވަނީ ކާކާ އެކުގައިކަން ދެކޭ ގޮތުގެ މައްޗަށް ބަލާއިރު ތިން ބާވަތެއްގެ މީހުން އުޅެއެވެ. ފުރަތަމަ ބާވަތަކީ އަބަދުވެސް ހައްގު ގޮތް ވަނީ ހަމައެކަނި ތިމަންނައާ އެކުގައި ކަމުގައި ދައުވާ ކުރާ މީހާއެވެ. އެއީ ގޮތް ދޫނުކުރާ މީހާއެވެ. ދެވަނަ ބާވަތަކީ ތިމާއާ ފޭގައި ހައްގު ގޮތް ވާކަން އެނގުމުން، އެކަމާ އެއްބަސްވެ، ތިމާގެ ކުށް ގަބޫލުކުރާ މީހާއެވެ. އޭނާއަކީ ބުއްދިވެރިއެކެވެ. ތިންވަނަ ބާވަތަކީ ތިމާއާ އެކުގައި ހައްގު ގޮތް ވާކަން އެނގޭ އިރުވެސް، ތިމާގެ ގޮތަކީ ކުށް ގޮތްކަން ގަބޫލުކުރާ މީހާއެވެ. އޭނާއަކީ ފިރިމީހާއެވެ.
  1. އެ ވާހަކައާ މެދު ކަލޭ ރުހޭ ދޮގު ވާހަކަ ތެދު ނުކުރާށެވެ! ހަމަ އެހެންމެ، އެ ވާހަކައާ މެދު ކަލޭ ނުރުހޭ ތެދު ވާހަކަ ދޮގު ނުކުރާށެވެ! ތެދު ތެދަށްވުމާއި ދޮގު ދޮގަށްވުން މީހެއްގެ ރުހުމާއި ނޫނީ ނުރުހުމާ ގުޅުމެއް ނޯވެއެވެ.
  2. އަހަރުމެންގެ ބަސްތަކާއި ޚިޔާލާތުތަކަކީ ފުރާނެއެއް ނެތް ހަށިތަކެއް ފަދަ އެއްޗެކެވެ. އެއީ އެ ބަސްތަކާއި ޚިޔާލުތަކަށްޓަކައި ގުރުބާންވެ، އޭގެ މަގުގައި އަހަރުމެންގެ ފުރާނަތައް ދުއްވާލަން ތައްޔާރު ވެއްޖައުމަށް ދާންދެނެވެ. އެ ހިނދު، އެ ބަސްތަކާއި ޚިޔާލާތުތަކަށް ދިރުން ލިބި، ފުރާނަތަކުގެ ވެރި ދިރިތިބީންނަށް، އެ ބަސްތަކާއި ޚިޔާލުތައް ފުރޮޅިގެން ދެއެވެ.
  3. ބުއްދިވެރިޔާގެ ދޫ އޮންނަނީ އޭނާގެ ހިތުގެ ބިއްދޮށުގައެވެ. ބުއްދިނުވާ މޮޔަ މީހާގެ ހިތް އޮންނަނީ އޭނާގެ ދުލުގެ ބިއްދޮށުގައެވެ.
  4. ކަލޭގެ ދުލަށް ދުއާކުރުން މާތްރަސްކަލާނގެ އިރާދަފުޅުކުރައްވައިފި ނަމަ، އެކަލާނގެ ކަލެއަށް ހެޔޮ މިންވަރުކުރައްވައިފިކަން ދަންނާށެވެ!
  5. ލޯބިވާ މީހެއްގެ މަތިން ހަނދާން ނައްތާލަން ބޭނުން ވެއްޖެ ނަމަ، އެ މީހަކާ އިންނާށެވެ! އެހެން ނޫން ނަމަ، އެ މީހާ ދެކެ އަބަދު ވެސް ކަލެއަށް ލޯބިވެވޭނެއެވެ!!
  6. މޮޔަ މީހާ ދެކެނީ އޭނާއަކީ ބުއްދިވެރިއެއް ކަމުގައެވެ. ބުއްދިވެރިޔާ ދެކެނީ އޭނާއަކީ މޮޔައެއް ކަމުގައެވެ. ތަންދޮރު ނުދަންނަ މީހާ ދެކެނީ އޭނާއަކީ ތަންދޮރު ދަންނަ މީހެއް ކަމުގައެވެ. ތަންދޮރު ދަންނަ މީހާ ދެކެނީ އޭނާއަކީ ތަންދޮރު ނުދަންނަ މީހެއް ކަމުގައެވެ.
  7. ކަލޭ ކުރަން ގަސްދުކުރާ ކަމެއްގެ ނަތީޖާ އޮންނާނީ ކިހިނެއް ކަމެއް ކަލެއަށް ނޭނގިދާނެއެވެ. ނަމަވެސް، އެއްވެސް ކަމެއް ނުކޮށް ހުރެއްޖެ ނަމަ، އެއްވެސް ނަތީޖާއެއް ނުފެންނާނެއެވެ!
  8. ވައިޖެހޭ ކޮޅު ކަނޑައަޅާލުމުގެ ބާރެއް ކަލެއަށް ލިބިގެން ނުވެއެވެ. ނަމަވެސް، ކަލޭގެ ހަޔާތުގެ ނައުގެ ރިޔަލުގައި ވައި އަޅުވައިގެން ދުއްވުމުގެ ބާރު ކަލޭ އަތުގައި އޮވެއެވެ.
  9. ހަނު ހުރެ ގަދައަޅައި މަސައްކަތްކުރާށެވެ. ކަލޭގެ މަސައްކަތުގެ ނަތީޖާގެ އަޑުން، އެކަމުގެ މޮޅު ވާހަކަ ދެއްކިޔަދޭށެވެ.
  10. ކަލޭގެ ދުޝްމަނުންނަކީ ކަލޭގެ ރަހުމަތްތެރިން ކަމުގައި ހަދާލެވިއްޖެ ނަމަ، ކަލޭގެ ދުޝްމަނުންގެ ދުވަސް ދުއްވާލެވެއެވެ.
  11. ކަމެއް، ތިމަންނައަކަށް ނުވާނޭ ބުނާ މީހާ، އެކަމެއް ކުރެވޭ މީހުން ކުރަން އުޅުމުގެ މަގަށް ހުރަސްނާޅައި ދުރަށް ދާން ޖެހެއެވެ. ތިމަންނައަކަށް ބުރިޖެއް ނޭޅޭނޭ ބުނާ މީހާ، އެކަން ކުރެވޭނޭ ކަމަށް ގަބޫލުކުރާ މީހުން އެކަން ކުރުމުގެ މަގަށް ހުރަސްނާޅައި ފެއަށް ޖެހެން ޖެހެއެވެ.
  12. މީހާ ދޭ ޖަވާބުތަކަށް ވުރެ އޭނާ ކުރާ ސުއާލުތަކުން މީހާއަކީ ކާކުކަން ކަނޑައަޅާލެވެއެވެ.
  13. މާޔޫސް ކަމުގެ ފަރުބަދައިން އުއްމީދުގެ ހިލައެއް ކަނޑައިނެގެއެވެ!
  14. މާޒީ ބަދަލެއް ނުކުރެވޭނެއެވެ. މާޒީއާ މެދު ހިތާމަކޮށް ކިތަންމެ ވަރަކަށް ރޮއިކަމުގައި ވިޔަސްވެހެވެ. ނަމަވެސް، މުސްތަގުބަލު އޮންނާނެ ގޮތެއް ކަނޑައަޅާލުމުގެ ބާރު ކަލޭގެ އަތްމަތީ އޮވެއެވެ. އެހެންވެ، މާޒީއާ މެދު، ހިތާމަކުރުން ދޫކޮށް، ނަމަވެސް، މާޒީން އިބުރަތް ލިބިގަނެ، މުސްތަގުބަލު އޮންނަން ބޭނުން ގޮތް ކަނޑައަޅާލުމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ!