Support Us

ޤައުމީ ދުވަސް- 1444

ޤައުމެއްގެ ޤައުމީ ދުވަހަކީ ޤައުމީ ދަރިންގެ، އެއީ ދުވަސް
ފަޚުރާ ޝަރަފުވެރި ޤައުމަކަށް ހެޔޮ ރަަޙްމަތެއް ޤައުމީ ދުވަސް

މަތިވެރި ރަބީޢުލްއައްވަލުގެ އެއްވަނަ ދުވަސް، ޤައުމީ ދުވަސް،
ފަތިހެއްގެ، އާ ފެށުމެއް ދިވެހި ޤައުމުން ފެށޭ ޤައުމީ ދުވަސް

ޤައުމެއްގެ ނިސްބަތުގައި އެޤައުމަށް އަންނަ ޤައުމީދުވަހަކީ
ފަރުދުން އެތައް އުއްމީދަކާ އެކުގައި ތިބޭ ޤައުމީ ދުވަސް

ރަަަޙްމަތްތެރިންނާ ރައްޓެހިންނާ، އެކުވެރިން އެއް ޢަޒުމަކުން
ރަޙްމާ ކުލުނު، އާ އަހަރަކަށް ތާޒާވަނީ ޤައުމީ ދުވަސް

ހިނިތުންވެ ތިބެ ޤައުމީ ދަރިން މިނިވަން ދިދައިގެ ހިޔާދަށުން
މިނިވަންކަމުގެ މަތިވެރި ނިދާ ޤައުމުން އިވޭ ޤައުމީ ދުވަސް

ޙުއްބުލް ވަޠަންގެ ސަނާތަކުން އިވިގެންއެދާ ނަޣްމާ ތަކުން
އުއްމީދު ތައް އާ އަހަރަކަށް ފަރުމާ ވަނީ ޤައުމީ ދުވަސް

ބުލް ބުލް ތަކާ ބަޅިނދާކޮކާ އައިމީ ރަބީޢުގެ މޫސުމުން
އުލްފަތުގެ އެކިއެކި ރާގުތައް އިއްވާދެނީ ޤައުމީ ދުވަސް

ޤައުމީދުވަސް ފާހަގަކުރާ މިމުނާސަބުގެ ޝަރަފާ އެކީ
ޤައުމީ ދަރީންނަށް މާމަލުން ހަދިޔާ ކުރާ ޤައުމީ ދުވަސް

ޤައުމަށްޓަކާ އެޖިހާދުވީ ބަޠަލުން ނަށާއި ޝަހީދު ނަށް،
ރަޙްމަތް ސުވަރުގެއިން ދެއްވަވާށި! އެދެނީ، މިއައި ޤައުމީ ދުވަސް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *