Support Us

މި ގައުމަށް ކޯލިޝަނުގެ ނިޒާމަކީ…

މިގައުމަށް ހާދަހައި "ސުންޕާ" ނިޒާމެއް ކޯލިޝަނަކީ އޮތް
މިގައުމަށް ލިބުނު ފައިދާއެއް ކޮބައިތޯ ކޯލިޝަނަކުން؟ ނެތް

ހަދައިގެން ކޯލިޝަން ނޫނީ ލިބޭކަށް ވެރިކަމެއް ދެން ނެތް
ބަހައިގެން ތަރިކައެއްހެންދޭ ބައެއް ނޫނީ ލިބެންވެސް ނެތް

ނަގައިގެން ގުރުއަތުން ނަމަވެސް ލިބޭ ބައިތައް ޔަގީންކުރުމާ،
ކަފައިގެން ގައުމު ފޮތިފޮތިކޮށް، ބެހުން ދުވަހަކު ނިމޭކަށް ނެތް

ބަހައިގެން "ވާރިސުން މެދުގައި" އަޅައިގެންބައި ބަހާއިރުގައި،
ނަގަން މުދަލުން ބައެއް ނެތްނަމަ މަގާމެއްވެސް ލިބޭކަށް ނެތް

ބަހައިގެން ލިބުނު ބައިގެ ތެރެއިން ނަގައި ދައްކާ "ފޮޓޯއަށްވެސް"
ބަލައި "ހެޔޮވަރު ނުދީ ދެންހަމަ" ހެދޭނޭ އެއްގޮތެއްވެސް ނެތް

މިގައުމުގެ ޢިއްޒަތާ ޝަރަފާ މިގައުމުގެ ހައިބަތާ ގަދަރާ
މިގައުމުގެ "އޮނިގަނޑެއްގައިވެސް" ނަޒާޙަތްތެރިކަމެއް ހަމަ ނެތް

ނަސީބެއް އިތުރު އުއްމީދެއް ނެތޭ ފެންނާކަށެއް އަދިއެއް
ޔަތީމުންނާއި މިސްކީނުންނަކަށް ތަނަވަސްކަމެއް ހަމަ ނެތް

ތަފާތެއް ނެތް ކަމަށް ބުންޏަސް، ބަހާ ޞަދަގާތް ބަހައި ނިމުމުން
ސަނާނުކިޔާ އުޅޭ މީހުންނަކަށް އެއްޗެއް ދެވޭކަށް ނެތް

ބަދަލު ހިފުމާ ބަދަލުކުރުމާ ޖަދަލުކުރުމާ އަޒުލުކުރުމާ،
އަބަދުވެސް މިފަދަ ޙާލެއްގައި މެނޫނީ ކޯލިޝަނަކުން ނެތް

ހަދައިގެން ކޯލިޝަން އެކި ބައިބަޔަށް މިގައުމު ބަހައި ނިމުނަސް
ބޮނދައިގެން ރައްޔިތުން ރޮއެރޮއެ ތިބުން ނޫނީ ގޮތެއް ދެން ނެތް

ރަބީޢެއް އަދި ބަހާރެއްވެސް ނެތޭ ފެންނާކަށެއް މޫސުން،
ޚަރީފުން ހިކި ވަޅޯވެ މިލައި، އަލުން ދިރި ރޯވުމެއް ދެން ނެތް

ޖަހާ ދުވަހުން އަތަށް ކަށިތައް ނަގައި ދިލައޭ! ގޮވަން ފެށުމުން
އަމާން ދޭން ރައްޔިތުން ފުދިގެން ތިބުން ނޫނީ، ގޮތެއް ދެން ނެތް

މިގައުމަށް ކޯލިޝަން ނޫން ވެރިކަމެއް ﷲ ދެއްވާތޯ
މިގައުމުގެ ޞުލްޙަޔަށް އެދިގެން، ދުޢާ ނޫނީ، ކުރާކަށް ނެތް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *