ކުރިން ކަންބޮޑުވަނީ ފާސިދު ވެރިން ތަނުގައި ތިބީތީއޭ
މިއަދު ކަންބޮޑުވަނީ އެވެރިން ފަސާދަ މިބިން ކުރާތީއޭ
ކުރިން ޝަކުވާ ކުރީ ވެރިކަމުގެ އާރެއް ހެޔޮ ނެތީތީއޭ
މިއަދު ޝަކުވާ ކުރަން ޖެހެނީ ވެރިން އަނިޔާ ކުރާތީއޭ
ކުރިން ދެރަވީ ތަނުގެ ވެރިކަން އެކީ ނެތި ރޫޅިދާތީއޭ
މިއަދު ދެރައީ އަމާޒެއް ނެތް އުސޫލުން ކަންހިނގާތީއޭ
ކުރިން އާދޭސްކުރީ ޕަބްލިކް އެދޭ ކަންކަން ނުވާތީއޭ
މިއަދު މާޔޫސް ވަނީ ފައިދާ ނުހައްގުން ތިބެ ނަގާތީއޭ
ކުރިން ލަދުވެތި ވަނީ މޮޅު ޢާލިމުން ތަނުގާ ނެތީތީއޭ
މިއަދު ހައިރާންވަނީ އެނގިތިބެމެ ދީން އޮޅުވާ ހަދާތީއޭ
ނޯޓު: މިއީ ޑރ. ޢަބްދުލް ޣަފޫރު ތަރުޖަމާ ކުރައްވާފައިވާ، ޑރ.މުސްޠަފާ އައްސިބާއީގެ "ހަޔާތުގެ ފިލާވަޅުތަކުން" ނެރެވޭތޯ ބެލި ވަޒަންބަހުރުވައިގެ ފޮޅުވަތްކޮޅެކެވެ.