ވަންހައިގެ ފުށުން މިލްކުވި ސިފަ ރީތި ޒުވާނާ
ހަންހާރަވެތިވި ހީލުމަކުން ކޮށްފި ދިވާނާ
ޚަންޖަރު ކަނޑި އާ ތީރު ފަހަށް ދާނެ ޔަގީންވާ
މަންޒަރުގެ އެހުރި ތޫނު ނަޒަރު ދީފި ބަޔާނާ
މަރުމަރުގެ އޮމާން ކަޅިރަވަ ދައްކާލި ނަމޫނާ
ވަރުވަރުގެ ވިދާ ފަލަކުގެ ތަރި ދީފި ނިޝާނާ
ކަންވާރުތަކުން ޢިޝްގުގެ ފުރި ކޯދުލަމުންދާ
ޖަންނާތުގެ ތަމްސީލު ފަވައިދީފި ހަނދާނާ
ހުންގާނު ހިތުގެ ނެއްޓި ލަގަން ދޫވެ މުށުންދާ
ފުން ރީތި ހިމޭން ޖިސްމު ކިޔައިދީފި ތަރާނާ
މަޖުބޫރުވި ނަފުސެއްގެ ޚިޔާލާއި އަމާޒާ
މަޖުނޫނު ވަ ލައިލާގެ ގުޅާލައިފި ފަސާނާ
މުނިޔާގެ ސިހުރުވެރި ދެލޮލުން ދެއްކި ތަމާޝާ
ދުނިޔޭގެ ދޮރުން ބޭރުވުމަށް ދީފި ރަވާނާ