Support Us

ކެޕްޓަނަށް ރަނގަޅަށް އެނގޭނެ

ޤައުމުގައި ހުރި ކެޕްޓަނަށް މާދުރު ލޮލަށް ފެންނަން ޖެހޭނެ
ފަޚުރުވެރި ދިވެހިންގެ ކުރިމަގު އަނދިރިވާ ކަންވެސް އެނގޭނެ

ޢަދުލު އިންސާފާއި ދީނުގެ އެންމެ މަތިވެރިވީ ޝިޢާރު
އަމުރު މަޢުރޫފުގެ ނުފޫޒުން ނެތިދަނީކަން ވެސް އެނގޭނެ

ދީނަކަށް ދީނުގެ ޝަރީޢަތަކަށް ޢަދުލް އިންސާފަކަށް،
ދީނުގައި އޮތް ގޮތް ބަލަން ބޭނުން ނުވާކަންވެސް އެނގޭނެ

މީހުނާ މީހުންގެ އަބުރާ ޢިއްޒަތާ އަދި ގަދަރުވެސް
ސީދަލަށް ހަމަ ފައުޅުގައި "ކަތިލައި" ހަދާކަންވެސް އެނގޭނެ

މަދަދުވެރިވީ މީހަކާ އަދި ރަޙުމުކުރި މިތުރެއްވިޔަސް
ބަދަލު ލިބެނީ އެންމެ ވިހަގަދަ "ޒަހަރަކުންކަން" ވެސް އެނގޭނެ

ޝޭޚުނާ ދީނީ ރޮނގުން ފުންނާބު އުސްހައި ޢާލިމުން
ރޭރުކޮށް ބޭޒާރު ކުރަނީ އުފަލަކަށް ކަމުގައި އެނގޭނެ

ގައުމުގައި ތިބި ހެޔޮ ލަފާ ޚިދުމަތް ތެރީން ބާކީވަމުން
ރަޙުމުކުޑަ ގޮތަކަށް އެކީ އިނދަ ޖައްސަނީ ކަމުގައި އެނގޭނެ

ވީއެތައް ވަޢުދާއި ޢަހުދާ ފުއްދުމަށް ބޭނުން ކުރަން
"ޖީބުތައް ހުސްކޮށް" ފަގީރުވެ ނިމިދަނީ ކަންވެސް އެނގޭނެ

ދިވެހި ލޮބުވެތި ކާބަފައިން ދެއްކެވި ރިވެތި އެ ސަގާފަތާ،
ދިވެހި ގައުމުގެ ޝާން ޝައުކަތު ގެއްލިދާކަން ވެސް އެނގޭނެ

މާލިމީއާ ކެޕްޓަނާ އަދި ފަޅުވެރީންނަށްވެސް ޔަގީން،
ދާންވި މިސްރާބުން ދަތުރު އޮޅި، ގެއްލުނީކަންވެސް އެނގޭނެ

އަރިހުގައި ތިބި "ފާސިޤުން" ރަނގަޅޭ މޮޅޭ، ގޮވަމުންދިއަސް،
ބަރިއަކަށް ހުރި ގިނަ ނުބައިތައް ކެޕްޓަނަށް ރަނގަޅަށް އެނގޭނެ

މުޅި ދަތުރު މިސްރާބު އޮޅިގެން ގިރި ފަރަށް އޮޑި ގޮސް އަރާއިރު،
ފުރި ބަނދަރު ނުހިފޭނެކަންވެސް ކެޕްޓަނަށް ރަނގަޅަށް އެނގޭނެ

ގިރިފަރަށް ނުބަލައި ކުރިން ތިޔަ އޮޑިވެރިން ކުރި ދަތުރުގައި،
ގިރިއަކަށް އުރިގެން އެ އޮޑި ފޫދިޔަ ހަނދާން ކޮށްލަން ޖެހޭނެ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *