...

Support Us

ރަޝިޔާގެ ރައީސް ޕޫޓިނާއި ޗައިނާގެ ރައީސް ޝީ ބައްދަލުކުރައްވައިފި

ޝަންހައި އެއްބާރުލުމުގެ ޖަމްޢިއްޔާގެ ހަވާސާމަތީގައި އުޒްބަކިސްތާނުގެ ވެރިރަށް ސަމަރުޤަންދުގައި ރަޝިޔާގެ ރައީސް ޕޫޓިނާއި ޗައިނާގެ ރައީސް ޝީ ބައްދަލުކުރައްވައިފިއެވެ. މިއީ ރަޝިޔާއިން ޔުކްރޭނަށް ދޭންފެށި ޚާއްޞަ ޙަމަލާއަށްފަހު މި ދެ ރައީސުން ބޭއްވެވި ފުރަތަމަ ސަމިޓެވެ.

މި ސަމިޓާ ޙަވާލާދީ ޓާސް ނޫސް އޭޖެންސީ ބުނިގޮތުގައި "އެއް ޗައިނާ" ސިޔާސަތަށް މޮސްކޯ ކަށަވެތިވާކަން ރައީސް ޕޫޓިން އޭނާގެ އެކުވެރި ރައީސް ޝީ އަށް ކަށަވަރުކޮށް ދެއްވިއެވެ. ފަހަކަށް އައިސް އެމެރިކާއިން ޗައިނާއަށް ޖެއްސުން ކުރުމަށް ޓަކައި ތައިވާނުގައި ހިންގަމުންދާ ޢަމަލުތައް ރައީސް ޕޫޓިން ކުށްވެރިކުރެއްވިއެވެ.

ރައީސް ޕޫޓިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޔުކްރޭންގެ ގަނޑުބަޑާ ބެހޭގޮތުން ޗައިނާއިން ގެންގުޅޭ ތަވާޒުނު ސިޔާސަތުގެ އަގު މޮސްކޯއިން ވަޒަން ކުރެއެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމެރިކާއާއި ހުޅަނގުން "އެއް ތަނޑީގެ ޢާލަމެއް ދެމެހެއްޓުމަށް" ކުރާ މަސައްކަތްތައް ކުށްވެރި ކުރެއްވިއެވެ.

ރައީސް ޕޫޓިން ވިދާޅުވިއެވެ. "ޗައިނާއާއި ރަޝިޔާ ގުޅިގެން މަސައްކަތް ކުރަމުން މި ދަނީ ގިނަ ތަނޑިތަކެއް ހިމެނޭ ދީމުޤްރާޠީ އަދްލުވެރި ޢާލަމީ ނިޒާމެއް" ޤާއިމުކުރުމަށެވެ.

ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި އެއް ތަނޑީގެ ޢާލަމެއް ޤާއިމުކުރުމަށް ޓަކައި ހުޅަނގުން މަސައްކަތް ކުރުމުގެ ސަބަބުން ވަރަށް "ހުތުރު ބައްޓަމަކަށް" ދުނިޔެ ބަދަލުވެއްޖެއެވެ. އެއީ "ދުނިޔޭގެ ގިނަ ޤައުމުތަކަށް ފަހި ނިޒާމެއް ނޫން" ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިނގް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޒިންމާދާރު ޢާލަމީ ބާރެއްގެ ނަމޫނާއެއް ފަރުމާކުރުމުގައި އަހަރެމެން އަހަރެމެންގެ އެކުވެރި ރޫސީންނާއެކު އެއްބާރުލައިގެން މަސައްކަތްކުރުމަށް އަހަރެމެން މި ތިބީ ތައްޔާރަށެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ތަޣައްޔުރުވަމުންދާ ދުނިޔެއަށް ހަމަޖެހެހުން ގެނައުމަށް ޓަކައ މޮސްކޮއާއެކު އެއްބާރުލުމަށް ޗައިނާ އޮތީ ތައްޔާރަށެވެ."

ރައީސް ޝީ އިތުރަށް ވިދާޅުވިއެވެ. "ދެމެހެއްޓެނިވި ފައްސި ތަރައްޤީއަކަށް ޓަކައި ދުނިޔެ ކުރިއަށް ގެންދިޔުމަށް ބޭނުންވާ އީޖާބީ ދައުރެއް އަދާކުރުމަށް ޗައިނާ އޮތީ ރޫސީންނާއެކު އެއްބާރުލުމަށް ތައްޔާރަށެވެ."

ރައީސް ޕޫޓިނާއި ރައީސް ޝީގެ މި ސަމިޓަކީ މި އަހަރުގެ ފެބްރުއަރީގެ ކުރީކޮޅުގައި ބޭޖިންގް އޮލިމްޕިއާޑުގައި ބައްދަލު ކުރެއްވި ފަހުން މޫނުވަރުކޮށް ބޭއްވެވި ފުރަތަމަ ސަމިޓެވެ.

އެއްބާރުލުމާބެހޭ ޝަންހައި ސަމިޓް

މި މަހު 15 އާއި 16ވަނަ ދުވަހު އުޒްބަކިސްތާނުގެ ވެރިރަށް ސަމަރުޤަންދުގައި ބޭއްވުނު މި ސަމިޓުގައި ރައީސުންނާއި އޮބްޒަރވަރު ޤައުމުތަކެއް ބައިވެރިވިއެވެ. ޖޫން 2001ގައި ޤާއިމުކުރެވުނު މި އެއްބާރުލުމުގައި ހިމެނޭ ޤައުމުތަކަކީ: ރަޝިޔާއާއި ޗައިނާއާއި ކަޒަޚިސްތާނާއި ޤިރްޣީޒިސްތާނާއި ޠަޖިކިސްތާނާއި ޕާކިސްތާނާއި އިންޑިޔާއާއި އުޒްބަކިސްތާނެވެ. އަދި 2012 ގައި ތުރްކިޔާއަށް ވަނީ "ވާހަކަދެއްކުންތަކުގެ ބައިވެރިޔާ" ކަމުގެ ޞިފަ ދީފައެވެ.

މި ޖަމްޢިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރުމާއި އަމްނާއި އަމާންކަން ވަރުގަދަ ކުރުމަށް ޓަކައި ގުޅިގެން މަސައްކަތްކުރުމާއި މަސްތުވާ ތަކެއްޗާ ދެކޮޅަށް ހަނގުރާމަކުރުމާއި ދޭދޭ ޤައުމުތަކުގެ މެދުގައި ރަނގަޅު އަވަށްޓެރި ގުޅުން ދެމެހެއްޓުމާއި އެއް ޤައުމު އަނެއް ޤައުމަށް އިޙްތިރާމުކުރުމާއި އިތުބާރުކުރުމާއި ދީނީ ހައްދުފަހަނަޅއިދިޔުމާއި ނަސްލީ އިމްތިޔާޒާ ދެކޮޅު ހެދުން ވެއެވެ. އީރާނުން ކުރި މަސައްކަތްތަކުގެ ސަބަބުން އެ ޤައުމަށް ފުރިހަމަ މެންބަރުކަން ވަރަށް އަވަހަށް ލިބޭނެކަން މި ޖަމްޢިއްޔާއިން ވަނީ ހާމަކޮށްފައެވެ.

މި ސަމިޓްގައި އޮބްޒަރވަރުންގެ ގޮތުގައި ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާނާއި އަޒަރްބައިޖާނުގެ ރައީސް އިލްހާމު ޢަލިޔޭވް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.