ގެންނަނީއޭ އަމާން އެންމެ ނާޒުކު ހަނދާން
ގެއްލިދިޔަ ކުލަތަކުން ފެންނަ ރަން ރިހި ޒަމާން
÷÷÷
އިޝްގު ޖެހި ތީރެކޭ ހިތް ނުސީދާ ވަނީ
ގިސްލުމުގެ ރާގެކޭ ނިސްބަތުން އިއްވަނީ
އިސްވެ އުންމީދު އޮތް ހިއްސުތައް ރޮއްވަނީ
ވިސްނުމުގެ މޭގަނޑޭ ގޮސް އެއިން ފިސްވަނީ
އުދަވިޔޭ ހަނދު މިލޯބީގެ ތޮޅިލާ ފެނުން
އަދި ވިޔޭ ދޯދި ސީދާ ދިމާ މެދުއުޑުން
ތަދުވިޔޭ އަލި ޝުޢާޢުން އެދިން ހޫނަކުން
އުދަރެހުން ފުން ޒަމާނެއްގެ ހަނދު އޮއްސުނީ
ކުރިލިޔޭ ފަރި ބަހާރެއްގެ މޫސުން ބިމުން
ހިރިލިޔޭ ރޯޅިވައި ޢިޝްޤު ވަސް ފަތުރަމުން
ފިރުމިޔޭ ލޯބި ތަރިތައް ވިދާ އުދަރެހުން
ނިރުތަކޭ ފެޅި ނުފޯދޭ ވަޔާ ވިއްސުނީ