ތުނބުޅިއާ ޖުއްބާ އަކާއެކު ފަގުޑިއެއް އަދި، އޮތުމަކުން
ޤުދުރަތުން ދެއްވެވި މަތީ ޢިލްމެއްގެ ބޭނުން ނުކުރުމުން
ނުފުދިގެން މާއްދިއްޔަތަށް ގޮސް ދުނިޔެއަށް ދަހިވެތިވުމުން
ނުބުނެވޭނޭ ޝޭޚެކޭ! ވިސްނައި ހަދާ މީހަކު ދުލުން
ހަމައެކަނި ދުނިޔޭގެ ގަދަރާ ޢިއްޒަތާ ޝަރަފާ އަދައިގެން
ހަދަހަދައިގެން ވެސް ޙުޝާމަދުކޮށް އުޅޭއިރު ހާމަވާހެން
ޢަމަލުގައި ޖާހިލުކަމުގެ ހުރިހާ ޢަލާމާތް ފެންނަހެން
ޤަދަރުކޮށް މީހަކު ދުލުން ނުކިޔާނެޔޭ ޝޭޚެއްގެ ނަމަކުން
ދުނިޔެ އެދި، ތަންދޮރު ނުއެނގިގެން ދުނިޔެއާ ހެދި މޮޔަވެގެން
ބުނި ނުބުނި އެއްޗެއް ނުއެނގިގެން ހުރި މަޤާމަށް ދަހިވެގެން
ކުރިނުބައި މުޑުދާރު ޢަމަލުން ކުރި ރަނގަޅު ކަމަކަށް ހަދައިގެން
މުޅި ތަނަށް ފަތުވާ ދިނަސް ނުލިޔާނެ ޝޭޚުން ލިސްޓަކުން
ޢިއްޒަތަށް ދަހިވެތިވުމުން، އަދި ޢިއްޒަތާ ޤަދަރާއި ދިނުމުން
ޢިއްޒަތެއް ދިން މީހަކަށް ތަޢްރީފު ޙައްދުން ނެއްޓުމުން
"އެންމެމަތިވެރިވީ ރަސޫލާ ފަދައަކުން ހަމަހަމަ ކުރުން"
ދެން މިފަދަ ޖާހިލު ވުމުންނެއް ޝޭޚަކަށް ނުކިޔާނެ ޢަމްދުން
One Response
100%ތެދު ފުޅެއް