Support Us

ވެރިކަމަށް އަންނަން އުޅޭއިރު…

ކޮންމެ މީހަކު ވެރިކަމަށް އަންނަން އުޅޭއިރު "ފޮނިކަނޑާނެ"
ކޮންމެހެން ފުއްދާ ނުދެވުނަސް ވެވުނުހާ ވަޢްދެއް ކުރާނެ

ރައްޔިތުން ޙާޖަތް ތަކެއް ބޭނުންވެފައިވާ ވަގުތުގައި
ރައްޔިތުން ބޭނުން ކަމެއް ކޮށްދޭނެ ކަމުގައިވެސް ބުނާނެ

އެކި ކަހަލަ، އެކިއެކި އެޖެންޑާތައް ނިކަން ވިއްކާ ހަދާނެ
އެކި ކަހަލަ އެކި ޙައްުޤުތައް ހޯދައި ދެވޭނެ ކަމަށް ބުނާނެ

އެ ވަގުތެއްގައި ރައްޔިތުން ބޭނުން ކަމެއް ހޯދައި އަހާނެ
އެ ވަގުތަށް ބޭނުންވެފައި ހުރިހާ ކަމެއް ކޮށްދޭން ބުނާނެ

ރައްޔިތުންނަށް ހެޔޮ ފުދުންތެރި ވެރިކަމެއް ކޮށްދޭން ބުނާނެ،
ރައްޔިތުން ދަރުވާނުލައި ހުރިހައިކަމެއް ކޮށްދޭން ބުނާނެ

ވައްކަމާ މަކަރާ ކޮރަޕްޝަން ފޮހެލަދޭން ކަމުގައި ބުނާނެ
ލައްކަ ގިނަ އިޞްލާޙުތައް ގައުމަށް ގެނެސްދޭންވެސް ބުނާނެ

ޤައުމު މިނިވަންކަންމަތީ ދަމަހައްޓަދޭނެ ކަމަށް ބުނާނެ
ޤައުމުގައި މަތިވެރިވި އިސްލާމްދީން ހިނގާނެ ކަމަށް ބުނާނެ

ދީނުގައި އެންގެވި ޢަދުލު އިންސާފު ހޯދައިދޭން ބުނާނެ
މީހަކާމެދު ވަކި ތަފާތެއް ނުކުރުމަށް ގަންދީ ބުނާނެ

ރައްޔިތުން ކިބައިން ލިބުނުހާ ބާރުތައް ބޭނުން ކުރާނެ،
ރައްޔިތުން ޙާލާ މެދަށް ވިސްނާކަށެއް ބޭނުން ނުވާނެ

ރައްޔިތުން ވެރިކަންދިނީމާ ކޮންމެ ވެރިޔަކު "ގޯސް ހަދާނެ"
ރައްޔިތުން ދެލޮލުން ކަރުނަ، ހިފި ހުންނަ ވަގުތެއް ހަމަ ނުދާނެ

ލިބުނުހާ އެއްޗެއް ބަހައި، އަޢުވާނުނަށް ދީ ހުސްކުރާނެ،
ހެދުނުހައި ނުބައެއް ހަދާފައި، އަދި އިތުރު ޗާންސެއް އެދޭނެ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *