"ޣައިރުމުސްލިމް ޤައުމަކުން ތަމްރީނުވާ ޝަރްޢީ ނިޒާމް
ޣައިރު ދީނާ ވަކި ތަފާތެއް ވާނެތޯ އެތަނުގެ ނިޒާމް"
ޤައުމުގައި ތިބި މުސްލިމުން އެއްކޮށް މަރައި ނެތިކޮށްލުމަށް،
ޤައުމުގައި ހިންގާޖަރީމާ ރަނގަޅުތޯ؟ އެކަހަލަ ނިޒާމް
ޙައްޤުތައް ހަމަ ހަމަކުރަން އެއްޖިންސަކުން ކައިވެނިކުރުން،
ޙައްޤު ހޯދަން މުސްލިމުންނަށް ހުއްދަތޯ؟ އެކަހަލަ ނިޒާމް
މުސްލިމުން އަޅުކަންކުރާ މިސްކިތްތަކާ، ގެދޮރާ މުދާ،
ދުޝްމަނުން ވެދެ، ހުޅުޖެހުން ކަމުދާނެތޯ؟ މިކަހަލަ ނިޒާމް
މުސްލިމުން ގޮތުގައި އުޅޭނަމަ އަންހެނުން ވެސް ރޭޕްކޮށް،
މުސްލިމުން ވަސްފޮހެލުމުގެ، ކަމުދާނެތޯ؟ މިކަހަލަ ނިޒާމް
ދީނުގައި ކަނޑައެޅި އެނގެންހުރި ޙައްދުތައް ޤަައިމްނުކޮށް،
ދީނަށާ ޤުރްއާނަށާ ވެސް ގޮންޖަހައި، ކާފަރު ނިޒާމް
މުސްލިމުން މެރުމާއި، މިސްކިތްތައް ތަޅައި އަލިފާންޖަހައި،
މުސްލިމުން ގެދޮރުން ދަމާނެރެ، ހުޅުޖެހުން މީތޯ؟ ނިޒާމް
ޙައްޤުތައްވެސް ނުލިބެނިީ ޢަދުލުގެ ނިޒާމް ދޯހަޅިވުމުން
ދަސްކުރަންވީ ޣައިރު މުސްލިމް ޤައުމަކުން ތޯއޭ؟ ނިޒާމް