ޢަދުލު އިންސާފު ނުލިބެންޏާ، އެ ޤައުމެއްގެ ކޯޓުތަކުން
ޢަދުލު ހޯދަން އެފަދަ ތަންތާ ފެށޭނީ "މަގުމަތީ ކޯޓުން"
ތަނުގެ ޤާނޫނުގައި އޮތް މިންވަރަށްވެސް ޙައްޤު ނުލިބޭނަމަ،
ތަނުގެ ޤާނޫނު ދެން ތަންފީޒުވާނީ "މަގުމަތީ ކޯޓުން"
ފަޤީރުން މަހުޖަނުންނާ ޢަދުލު އިންސާފުން ތަފާތުކުރުން،
ފަޤީރުން ޙައްޤު ހޯދާނީ ނުކުމެގެން "މަގުމަތީ ކޯޓުން"
އަބަދު އޮޅުވާލުމާ މަކަރާ ހަދާނަމަ ރައްޔިތުނާ މެދު،
ބަދަލުހިފުމާ އަބުރު ކަތިލަން ފެށޭނީ "މަގުމަތީ ކޯޓުން"
ޢަދުލު އިންސާފު ނުލިބޭ ޤައުމުތަކުގައި"ގޮށްމުށުގެ ބާރުން"
ޢަދުލު ހޯދާނީ! މަގުތަކުގައި ނުކުމެގެން "މަގުމަތީ ކޯޓުން"
ދުލާއި، އަތާ، ފަޔާ ތަޅުލައި ލޮލަށް ސްޕްރޭ ޖަހާ އިރުވެސް،
ކުރާަ ޝަކުވާ ޢަދުލު ހޯދަން ކުރާނޭ "މަގުމަތީ ކޯޓުުން"
ތަނުގެ ސަރުކާރު ރައްޔިތުނަށް ޢަދުލުވެރިވާން ނުކުޅެދެންޏާ،
ތަނުގެ އަމްނާ އަމާންކަން ގެއްލިދާނީ "މަގުމަތީ ކޯޓުން"
ޢަދުލުވެރިވާން އެ މާތް ޤުރްއާނުގައި ﷲ އެންގެވިފަދަ،
ޢަދުލު އިންސާފުނެތް ވެރިކަން "ނިމޭނީ މަގުމަތީ ކޯޓުން"