Support Us

"އަޅުގަނޑު ބޭނުމީ ރަސޫލާއާ އެކު ސުވަރުގެއަށް ވަންނާށެވެ."

މަންމައެއް ކިޔައިދިނެވެ.

ޢިޝާ ނަމާދަށް ފަހުގައި ކޮންމެ ފަހަރަކުމެ އަހަރެންގެ ކުޑަ އަންހެން ދަރިފުޅު އަހަރެންގެ އުނގުމަތީގައި އިށީނދެއެވެ. އަދި އަހަރެން ޤުރްއާން ކިޔަވާ އަޑު އަހަމުން ގޮސް ދަރިފުޅަށް ނިދޭނެތެވެ. އަދި ކޮންމެ ފަހަރަކު ވެސް ތަފާތު މޮޅު ސުވާލެއް އަހަރެންނާ ކުރާނެއެވެ.

އެއްފަހަރަކު އެގޮތަށް އަހަރެން ޤުރްއާން ކިޔަވަމުން ދިޔައީމެވެ. ސޫރަތުލް ފަތްޙްގެ ފަހު އާޔަތުގައިވާ… {سِيماهُم فِي وُجُوهِهم مِن أثَر السُّجُود} (މާނައީ: ސަޖިދައިގެ އަޘަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވެއެވެ…)

އެ ހިސާބާ ހަމަވުމުން… ނިދި އައިސްގެން ދެލޯ މެރޭ ޙާލު އަހަރެންނާ ސުވާލު ކޮށްލިއެވެ.

(މަންމީ "ثيماهم في وجوههم" ގެ މާނަ އަކީ ކޮބައިތޯ އެވެ؟)

ޢުމުރުން އެންމެ ފަސް އަހަރުގެ ކުއްޖަކަށް ވުމުން ދަރިފުޅަށް އަބަދުވެސް س ގެ ބަދަލުގައި ث ކިޔެއެވެ.

އަހަރެން ދަރިފުޅަށް އެނގޭނެހެން އެ އާޔަތުގެ މާނަ ކިޔައިދެން ފެށްޓީމެވެ.

އަދި ނިދަން ލޯ މަރާލަމުން އަހަރެންނަށް ބުނެލިއެވެ.

"އަޅުގަނޑު ބޭނުމީ ރަސޫލާއާ އެކު ސުވަރުގެއަށް ވަންނާށެވެ. ސަޖިދައިގެ އަޘަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވާ މީހުންގެ ތެރެއިން އަޅުގަނޑު ވަންދެން ވަރަށް ގިނައިން އަޅުގަނޑު ސަޖިދަ ކުރާނަމެވެ."

އަހަރެން ހިނިތުން ވެލަމުން ހެޔޮލަފާ ޞާލިޙް ދަރިން ދެއްވުމަށް އެދި ދުޢާ ކުރަމުން ގެންދިޔައީމެވެ.

ފަތިހަށް އަހަރެންނަށް ހޭލެވުނުއިރު، ދަރިފުޅު ނިދާކަށް ނެތެވެ. އަހަރެން ވަށައި ބަލާލިއިރު ދަރިފުޅު ސަޖިދައިގައި ވަނިކޮށް ދުށީމެވެ.

އަހަރެން ގާތަށް ހިނި އައެވެ. އަދި އިތުރަށް ހެވުނީ ތަކްބީރާ އެކު ހަށަން ބަނދެ ﷲ أكبر އާ އެކު ހުރިގޮތަށް ގޮސް ވެސް ސަޖިދައަށް ދިއުމުންނެވެ.

އަދި ސަލާމް ދިނުމުގެ ކުރިން އަހަރެންނާ ދިމާ ބަލާލާފައި ބުންޏެވެ.

"މަންމީ އެވެ! އަޅުގަނޑު މިހާރު ސަޖިދައިގެ އަޘަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވާ މީހުންގެ ތެރެއިންވެއްޖެ ތޯއެވެ؟"

الحمد لله، ދަރިފުޅުގެ ޢުމުރުން މިހާރު ދިހަ އަހަރެވެ. އަދި ޤުރްއާން ހިތުދަސްކުރުމަށް ވަރަށް ކައިރިވެއްޖެ އެވެ. بارك الله فيها

-وقفوهم إنهم مسؤولون-

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *