ޝީރީނު އަދި ފަރުހާދަކީ، ލޯބީގެ ޚާއްސަ މިސާލެކޭ
ވީތީ މިސާލެއް ދުނިޔެއިން މީހުން ލިޔާ ޑައިރީއެކޭ
ލައިލާއި އަދި މަޖުނޫނަކީ، ނިމުމެއް ނުވާ ޒިކުރާއެކޭ
މަތިވެރި މިސާލެއް ލޯބިވެތި ލިޔެވޭނެމީ ސަފްޙާއެކޭ
ޖޫލިޔަޓު އާ އަދި ރޯމިއޯ ލޯބީގެލިސްޓުން ވަނައެކޭ
މޫރިތި ނަމޫނާއެއް ކަމަށް ބެލެވޭނެ ރީތި މިސާލެކޭ
މުމްތާޒު، ޝާހުޖަހާނު މީ ލޯބީގެ އަޑިނޭނގޭ ކަނޑެއް
އުއްމީދުތައް ނިމުމެއްނުވާ ކިއްލާއަކީ ހުރި ހެއްކެކޭ
ދޮންހިޔަލަޔާ އަދި ހުޅުދެލީ ޢަލިފުޅުގެ ތެދުވެރި ލޯތްބަކީ
ފުންކަނޑު ހުރަސްކޮށް އިއްތިފާގުން އައިސް ދިމާވީ ނިމުމެކޭ
ދިވެހިންތެރޭގައި ޚާލިދާ އަދި ސިއްތިއާ އަވަހާރަވުން
ދިވެހިން ޢަޖާއިބު ކޮށްލި މީ ޢިބްރަތުގެ ރީތި މިސާލެކޭ
ލޯބީގެ، އާފެށުމެއް މިއަދު ދުނިޔޭގެ ޓެކްނޮލެޖީ ތެރެއިން
ހޯދުނު އަލަމްގީރާއި، ނާޒިމް ލޯތްބަކީ، ގަދަ އަސަރެކޭ