Support Us

ވަރަށްދެރަ އެހާމެ ބިރުހުރިކަމެއް!

"މިގައުމުން އަދު، ކުށެއްކުރިއަސް ނެތޭ އަދަބެއް ލިބޭ މީހެއް"
މިގައުމަށް އޮންނަ ޤާނޫނުގެ އަތެއް ފޯރާވަރުގެ މީހެއް

މިޤައުމުގެ އެންމެބޮޑު ލޯޔަރު "ބަލައި ފާސްކޮށް ހަދާމީހެއް"
މިޤައުމުން ކުށް ކުރާ މީހަކު ނެތޭ "އުންސުރު" ހަމަވިމީހެއް

ތަފާތު އެތައް ކުށެއްގައި ބައިވެރިވި އެތަކެއް ސަތޭކަ ބަޔަކު،
ބަލާއިރު ގިނަ ބަޔަކު މައްސަލަ، ނެތޭ "ހުޅުވައިލެވޭ ފައިލެއް"

ބަލައި އަދި އަޑުއަހައި ހަމަ ކޮންމެ ރައްޔިތަކަށް އެނގޭ ކަންކަން،
ނަގައި ފަސްލައި އެކީ ފޮރުވަން ނެތޭ "ލަދު، އަގަލު" ހުރިމީހެއް

މިއޮތް ރޯމާ ދުވާލު ހަދާ ދޮގާއި، ކޮރަޕްޝަނާ، ވައްކަން،
މިގޮތް ރަނގަޅޭ ކިޔައި، ޤައުމުން ތިބޭ އެބަ! އަތް ޖަހާނެ ބައެއް

މަރައި، މީހުން ކޮށައި ކުދިކޮށް ހަދައި އަނިޔާވެރިންނާ މެދު،
"ހަމައިގާ ނެތްކަމަށް ބުނެ" ސީރިޔަސް ކަމަކަށް ނުވޭ، އެކަމެއް

ކުށުގެ ބޮޑު ހާއްޔަކަށް ވެއްޖޭ، މި މުސްލިމް ޤައުމަކަށް ވިޔަކަސް،
މުށުން ދޫވެއްޖެޔޭ ޤައުމާ ވަޠަން، އަނބުރައި ލިބޭނެ ގޮތެއް

ހިތާމަތަކާއި ޝައްކާ ބިރު މިތަނުގައި ދިރިއުޅެން، އެބަ އޮތް،
ފިސާރިތެދެއް! މިތަން ދޫކޮށް ދިޔުން ނޫން ދެން، ނެތޭ ދެގޮތެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *