* ރާގު: ޖައިސާ ކިޔާހެ ތުނޭ ވޭސާ ހިހޭ…
އާދޭސް ކުރީމެ ރޮއެފާ ތިޔަހެން ނުހައްދަ ވާށޭ
މާދަން ދަރީން އުޅެންވީ ގައުމޭ ނުވިއްކަ ވާށޭ
އާދޭސް ކުރީމެ ރޮއެފާ…
ވެރިކަން ދިނީމަ ރޮއެގެން ވަޢްދާއި ޢަހުދު ކޮށްގެން (2)
މިނިވަން ކަމާއި ދީނާ (ސީދާ ޙިމާޔަތައި ގެން) (2)
މިދަރިން ނުކުމެ ހޮވީމާ ތިޔަހެން ނުހައްދަ ވާށޭ
މާދަން ދަރީން އުޅެންވީ ގައުމޭ ނުވިއްކަ ވާށޭ
އާދޭސް ކުރީމެ ރޮއެފާ…
އެކި ބައި ބަޔަށް ބަހައިގެން އެކި އެގްރިމެންޓު ކޮށްގެން (2)
ދިގު މުއްދަތެއް ޖަހައިގެން (އެކި ދަރަނިތައް ނަގައިގެން) (2)
ނިކަމެތި މިރައްޔިތުންނަށް ތިޔަހެން ނުހައްދަ ވާށޭ
މާދަން ދަރީން އުޅެންވީ ގައުމޭ ނުވިއްކަވާށޭ
އާދޭސް ކުރީމެ ރޮއެފާ…
ދިވެހީންގެ ރީތި ޝަރަފާ މިނިވަން ކަމާއި ފަޚްރާ (2)
ދިވެހީންގެ މާތްވި ދީނާ (މާދަރިބަހާ، ސަޤާފަތް) (2)
ދިވެހީންގެ ދުޝްމަނުން ނަށް، ހިބަކޮށް ނުދެއްވަވާށޭ
މާދަން ދަރީން އުޅެންވީ ގައުމޭ ނުވިއްކަވާށޭ
އާދޭސް ކުރީމެ ރޮއެފާ…
