ނިޔަތަކުން ޛިބްޙަ އަކުން މަތިވެރި އީމާން ކަމަކުން
މިއަދު އުފަލެއްގެ އައީ އީދުހެމުން ފިދުޔައަކުން
ސޫރައިން ރިވެތި ވިދާޅުވި ނަދުރެއް ކެކުޅުމަކުން
ނޫރު ދިއްލާލި އެހިތްޕުޅުގެ ފިލާ ހަނދުމައަކުން
ރޫޙު ތާޒާވެ އަލުން ދެއްކެވި ހުވަފެންފުޅަކުން
ކާރުނެތް ސާބިތު ހިއްލާލި އަމާން ޚަންޖަރަކުން
ކިޔަމަނުން ދެއްކި ނަމޫނާ ސޮބުރާ ހިއްވަރަކުން
ނިޔަތުގައިނެތް ޚަލަލެއް ސާފު އެވިސްނުންފުޅަކުން
ނިޔަނެތިން ގުރުބާނީގައި ކަރުފުޅު ދެއްކި ލެކުން
މިޔަމަތިން އޮހޮރުނު ލޭ މަތިވެރި އައި ރަޙުމަތަކުން
ޛިކުރު އެ ހަނދާނުގެ އާލާ ކުރެވޭ އަބަދު މަގުން
ފިކުރުކޮށް ހުސްނުމެވާ ދުނިޔެމަތީ އިބުރަތަކުން
ހިކުމަތުން ރައްބުގެ ދެއްވާ މިމަގުން ދަރުސްތަކުން
ނިކުތުމަށް މިފަދަ ނަތީޖާ އެދެމުން ހިތްތަކަކުން