Support Us

ކަރުނަ

ދިވެހީންގެ ލޯތަކުން އޮހެނީ ދިވެހި ކަރުނައޭ
ދިވެހީންގެ މޭތަކުން އުފެދޭ ލޭގެ ކަރުނައޭ

÷÷÷

ވަޅިއާއި އޭގެ ދައުރާ އޮޅުވާ ހަދައިފިއޭ
ކަނޑިއާއި ޚަންޖަރާ އަދި އިތުރަށް ނަގައިފިއޭ
ބަނިއާދަމީ ލެޔާ މިޔަތައް ލާމަހައިފިއޭ
އަނިޔާގެ ހައްގުގައި އޮހެނީ ތޫނު ކަރުނައޭ

ހުރުމަތް ކަނޑައިފި ދީނުގެ ބިރަކާ ހިލާ ނުލާ
ދުރުކޮށްފިއޭ ސަގާފަތު ދީބުގެ ބަލައިނުލާ
ބުރިކޮށްފި އަތް ފަޔާއި ކަރާ ސަރަމަކާ ނުލާ
ފުރިގެން މިލޯތަކުން އޮހެނީ އަދުގެ ކަރުނައޭ

ހަމަހޭ ނެތުން އަމިއްލަ ފަށާ ކުށުގެ ފެށުމެކޭ
ހަމަލާ ދިނުން ފަހުން އެއަކީ ދެވަނަ ޖުރުމެކޭ
ކަމުގައި ވެދާނެ ސާބިތު ކުށް ސާފު ހެއްކެކޭ
އަމަނާ މެދަށް ބިރުން ރޮވި އޮހެނީ މި ކަރުނައޭ

ލޯބީގެ މަސްދަރެއްހޭ އަނިޔާ ހުތުރު ކުރުން
ލޯބީގެ އާ ނަމެއްހޭ ޒަޚަމާ ގަތުލު ކުރުން
ލޯބީގެ ނަން އޮޅޭ ތިޔަ ދައުވާ ތިހެން ކުރުން
ލޯބީގެ ލޯތަކުން އޮހެނީ މުތުގެ ކަރުނައޭ

ދޫތައް ހިމޭން ނުވޭ އެގޮވާ ގޮވެލި ގޮވުމުގައި
ދޫކޮށްނުލާށެ ލުގުމެއް ބުނަމުންނެ ހުކުމުގައި
ދޫދޭ ދިނުން ވަނީ ތަކުރާރޭ މި ވޭނުގައި
ދޫތަކުގެ ރާގުގައި އޮހެނީ ހޫނު ކަރުނައޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *