...

Support Us

އޭގެ މީހެއް ނެތްތަނެއް މަދު

ލޭގެތެރެއިން ދައުރުވާ ބިރުވެރި ނުބައި ބަލިމަޑުކަމެއް
އޭގެބަލި އަދު ފެތުރެމުން އައިސް ނެތްތަނެއް މަދު، އޭގެމީހެއް

ރޭވެފައި ހަމަ އަލިވިލޭއިރު އިތުރުވޭ މިބަލީގެ މީހުން
ބޭނުމަކު ދާ ތަން ތަނުން ވެސް ފެންނަނީ ހަމަ އޭގެ މީހެއް

ދެން މިތާ ކިހިނެއް އުޅޭނީ ހާދަ ބިރުވެރި ޙާލަތެއް،
އެންމެ މަތިވެރި މިސްކިތުގެ މުދިމުން ތެރޭވެސް އޭގެމީހެއް

އެންމެ ބަރަކާތްތެރިވި ޤުރްއާނާ ބެހޭ މަރުކަޒު ތެރޭ،
އެންމެއިސް މީހުން ތެރެއިންވެސް ފެންނަނީ ހަމަ އޭގެމީހެއް

އަދުމިޤައުމާ ރައްޔިތުންގެ ސަލާމަތަށް އޮތް ބާރު ތެރެއިން
އަދު ބަލާ އިރު ވީޑިއޯ އިން ފެންނަނީ ވެސް އޭގެ މީހެއް

ރައްޔިތުންނަށް ބޮޑުކަމެއް ކުރިމަތިވުމުން ކުޑަކޮށްލަ ދޭ،
ރައްޔިތުންގެ ޙިމާޔަތުގެ ދަރުބާރު ގައި ވެސް އޭގެ މީހެއް

ކަމުގެ ތަހްލީލެއް ކުރާނަމަ ބަލަދުވެރި ވާންވީ ވުޒާރާ،
ކަމަކުދާކަށް ނެތް! އެތާނގެ ރަޖިސްޓްރީވެސް އޭގެ މީހެއް

ލޯޔަރުންގެ އެހީ ޙިމާޔަތަކަށް ބަލަންވެސް އެބަޖެހޭ
ލޯޔަރުންގެ ގްރޫޕުގައި ވެސް އެބައުޅޭ ހަމަ، އޭގެ މީހެއް

އުނގެނި ކަންކަން ދަސްކުރާ ޢުމުރުގެދަރިންގެ ޙަޔާތުގައި
އުނގެނި ދަސްކޮށްދޭން އުޅޭ އެބަ، ޓީޗަރުންނަށް، އޭގެ މީހެއް

އެތެރެވާ މުދަލާ އެކީގައި ކަސްޓަމަށް، ކޮންޓޭނަރުން،
އެތެރެވާ އިރު އޭގެ ތެރެއިން ފެންނަނީ ވެސް. އޭގެ މީހެއް

ނުކުޅެދޭ މީހުންގެ ނަފުސަށްވެސް ޖެހޭމީ ވައިރަހެއް
ނުކުޅެދޭ މީހުންގެ ޔާރެއްވެސް ވަނީ ހަމަ އޭގެ މީހެއް

ރައްޔިތުންނަށް ބޮޑުކަމެއްގައި ދާންޖެހޭނެ މުއައްސަސާ،
ރައްޔިތުން އަދު ފިތް ކަނޑައިގެންދޭ އެތާވެސް، އޭގެ މީހެއް

މާކުރިއްސުރެ ޤައުމުގައި ފެތުރޭ ނުބައި ބަލިމަޑު ކަމެއް،
މާކުރިންވެސް މީގެ ފަރުވާ އެއް ނުހޯދުނު ބޮޑު ކަމެއް

ދަމު ހިނގައި، ކަތުރާނު ދުން އަޅަމުން، ގޮވާ ތަކުބީރަކުން،
އަދުމިގައުމުގެ ރައްޔިތުން އުޅެ، ބޭރުކޮށްލަން ވެއްޖެ ބައްޔެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *