މަރެއް ދިރުމެއް ނުދަންނަބައެއް އުޅޭބިމަކަށް ބަނދަރުހިފުނޭ
ތަރައްޤީއޭ ކިޔާ ރާޅާ، އޮޔާގޮސް ގޮނޑުދޮށަށް ލެފުނޭ
ފަހުމްނުވިޔަސް ޒުވާން ހިތަކަށް، ހިތުން ފޮހެވޭ ވަރަށްވުރެމާ
ޒަޚަމް ތާޒާ ވެފައި މި ރިހޭ، ރިހުން ނުފިލާނެހާ އެ ފުނޭ
މިތާ ކަންއޮތްގޮތަށް ނުބަލައި ފިނީގެ ހިމާޔަތަށް ހިތުލައި
ހިތާ ހީފިލުވުމަށް ތި އެޅީ މަތީ ފަތުރާލަދިން ކަފުނޭ
އޮޅުންބޮޅުމުން އަޖައިބެއްފަދަ ހަވާސް އޮޅި އަންތަރީސްކުރުވާ
އުޅޭ ޒާތުން މިޖީލު ދަރިން އަޅާދަތް މެދުއިނގިލި ހެފުނޭ
އޮމާން ލަހުޖާތަކުން ވިރުވާއަޅާ ޚަންނާސުދޭ ލަފަޔާ
ޒަމާން ފުރޮޅާ ޢަޤީދާއިން ނަޞޭޙަތުގައި އެދޭ ހިފުނޭ
މެރީމާ ލޯ ދިރޭ ހުވަފެން ތަކުން ހިތް އާސުމާނަށް ގޮސް
ހުރީމާ ދިރުނބަލަށް އެރިފައި ހަލާފޮނު މޯހިރުން ނުފެނޭ