"އޮޅިގަނޑުނުބައިވީމާ ތަނުގެ ބަރަކާތް އެކީ ކެނޑިދާނެއޭ"
އޮޅިގޮސް ހެވާއި ނުބައި އެކީ އެތަނެއް ފަސާދަ ވެދާނެއޭ
ފާޙިޝްކަމާ ކުފުރުގެ ވެށިން ޤާނޫނު ނުހިނގާ ތަންތަނުން،
ޤާތިލުގެ ޚަންޖަރުތައް ނަގައިގެން، ޤަތުލު ޢާއްމު ވެދާނެއޭ
މަތިވެރި މިދީނުގެ އޮތް ޢަދާލަތު އޮޅުވަމުން ގެންދާ ތަނެއް
ކަތިލައި މެރުން ނޫނަސް ނުބައި، ހުރިހާ ޢަމަލު ގިނަވާނެއޭ
ﷲ އެންގެވި މާތް ޢަދުލުވެރި ޙާކިމުން ތިބިނަމަ މިތާ،
ޖައްލާދު ކަނޑި އުރައިން ދަމައި ހިންގާ ކަށެއް ނުކެރޭނެއޭ
މަތިވެރިވި އިސްލާމްދީނުގައި ނޯންނާނެ! ވީ. އައި. ޕީ. ދެވޭ
ވަކި ބަޔަކު ކުރިނަމައީ ކުށެއް، ފަސްލައި ވަޅެއް ނުލެވޭނެއޭ
ﷲ ޙަޒުރަތުގައި އަމީރެއް، އަދި ވަޒީރެއް، މެންބަރެއް،
ﷲ އަށް އަޅުކަން ނުކޮށް، ދިޔަނަމަ "އަމާން" ނުލިބޭނެއޭ