ރިހި ރަންކުލައިގެ މާޒީ ބަނަކޮށްލި ގޮތް އެނގޭ
މިހިތާ ހިތާ ދިމާނުވި މިސްރާބު ހިފި އެނގޭ
ޖާދޫގަރީ ދުލުން ބަހަނާ ބަސްތަކުން އޮހޭ
ވާދައިގެ ރޭހުގައި ކުޅިފަސް ހޯދިގޮތް އެނގޭ
ފަސްބައިގެ ޢިޝްޤު ގައި ޖެހި ލޯބީގެ އަރިމަތިން
ވަސްވާހުގައި އޮޔާލެވި ހިތް ގެނބުނުގޮތް އެނގޭ
ފިކުރާ ނުވާ ބެލުން ވިހަ ހިމަ ލޮލުކޮޅުން ބަލާ
ޝިކުވާ ގެ ތިޔަދުލުން ދޮރުފަތް ހުޅުވިގޮތް އެނގޭ
ކަރުނައިގެ ރަންމަތީލެވި އޮހިގެން އެ އައި މުތީ
ފޮރުވާލިގޮތް އެ ލަދުވެތި ކޯތާފަތަށް އެނގޭ
ފިޔަވަޅުތަކެއް ހިތާ ފޮރުވަން އެޅުނު ސިއްރުތައް
ހިލަވަޅުތަކުން ހިމޭން ކުރި މިހިތުގެ ލެޔަށް އެނގޭ
ނުރުހުންވެ ފުރަގަހަށް ތިޔަހަރަ އެނބުރިލީ ގޮތާ
ދުރުކޮށްލި ގޮތް ހިތާއި ހިތާ ކަރުނަޔަށް އެނގޭ
އަބަދަށް ޓަކައި ކަފުންކުރި މިހަޔާތް އަތާ ގޮތާ
ސަބަބާއި ސިއްރު ވިންދަށް ހިތުގާ ހިނގާ އެނގޭ