ތިބާ އެ ދަތުރަށް ތައްޔާރު ހެއްޔެވެ؟
އެ ވަގުތު ދަނީ ކައިރިއަށް ޖެހެމުންނެވެ.
ކޮންމެ ދުވަހަކު، ކޮންމެ ގަޑިއަކު، ކޮންމެ މިނިޓަކު، ކޮންމެ ސިކުންތަކުއެވެ.
ކަންބޮޑުވިޔަސް މަރު ބައްދަލުކުރާނެއެވެ.
މަރުވުމަށް ފަހު ތިބާގެ ހަށިގަނޑު ލިބޭނީ ދިރިތިބީންނަށެވެ.
ކުރާނެކަމަކާއި ކުރާނެގޮތެއް އެނގޭނީ އެ މީހުންނަށެވެ.
އުންމީދުކުރާށެވެ.
ހިނަވާނެއެވެ.
ކަފުންކުރާނެއެވެ.
ކަށުނަމާދު ކުރާނެއެވެ.
ވަޅުލާނެއެވެ.
ހެޔޮ ދުޢާކުރާނެއެވެ.
ތިބާ ވަކިވެ ދިއުމުން ރޯ ބަޔަކު ތިބޭނެއެވެ.
ތިބާގެ ވާހަކަ ދައްކާ ބަޔަކު ތިބޭނެވެ.
ދުވަސްކޮޅަކުން އެކަން ބަދަލުވެދާނެއެވެ.
މުޅި ދުނިޔެ ވެސް ދާނީ ތިބާއާ ދުރަށެވެ.
އެންމެންގެ ހިތްތަކުން ތިބާގެ ނަން ދާނީ ފޮހެވެމުންނެވެ.
ރުއި މީހުން ހީ މަޖާކުރާނެއެވެ.
ތިބާގެ މުދާތައް ވާރިސުން ބަހާލާނެއެވެ.
ތިބާގެ މަޤާމު އެހެން މީހަކު ފުރާނެއެވެ.
ތިބާގެ ފޯނު އެހެން މީހެއްގެ އަތަށް އަރާނެއެވެ.
ތިބާގެ ސައިކަލު ދުއްވާނީ އެހެން މީހެކެވެ.
ތިބާގެ ހެދުންތައް ލާނީ ވެސް އެހެން މީހެކެވެ.
ތިބާގެ ގޭގެ ވެރިޔަކަށް ވާނީ އެހެން މީހެކެވެ.
ތިބާގެ އެނދުގައި ނިދާނީ އެހެން މީހެކެވެ.
ތިބާގެ ހަޔާތުގެ ބައިވެރިޔާ ވާނީ އެހެން މީހެއްގެ ބައިވެރިއަކަށެވެ.
ދުނިޔޭގެ އަގެއް ނެތްވަރު ދެކޭށެވެ.
ދުނިޔޭގެ ހުރިހާ އެއްޗެއް ތިބާ ދޫކޮށްދާނެއެވެ.
އެންމެ އެއްޗެއް ފިޔަވައެވެ.
އެއީ ތިބާގެ ޢަމަލުތަކެވެ.
ހެޔޮ ޢަމަލުތައް ގިނަ ނަމަ ސަލާމަތްވާނެއެވެ.
ނުބައި ޢަމަލުތައް ގިނަ ނަމަ އެ ދުނިޔޭގައި ވެސް ސަލާމަތެއް ނުލިބޭނެއެވެ.
ވިސްނާ ފިކުރުކުރާށެވެ.
އަނިޔާވެރިނުވާށެވެ.
ބޮޑާނުވާށެވެ.
ފަސާދަނުކުރާށެވެ.
ހައްދު ފަހަނައަޅާ ނުދާށެވެ.
އިސްރާފު ނުކުރާށެވެ.
ޚިޔާނާތްތެރި ނުވާށެވެ.
އިސްލާމް ދީނުގެ މަތީގައި ނޫނީ މަރުވާށެވެ.
- އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި
