Support Us

ޝާކިރުބޭގެ ހެޔޮހިތުން

ރައީސް ޞޯލިޙު، ތިއީ ޤައުމުގެ މިއަދު ހުރި އެންމެއިސް ވެރިޔާ،
ވަލިއްޔުލް އަމްރަކަށް ވެސް ހަމަ މިއަދު ހުންނެވި މަތީ ވެރިޔާ

ރައީސްގެ ޢިއްޒަތާ ޤަދަރާ އެއީ މުޅި ރައްޔިތުންގެ ޤަދަރު،
ފަޟީޙަތް ނުވެ، އަބުރު ރައްކާކުރަން ވިސްނަން ޖެހޭ ވެރިޔާ

ޙަޤީގަތް ނެތް ނުބައި ބަދުނާމު ބޮލުގައި އެޅުވިނަމަ މީހަކު،
ނަތީޖާ ރައްޔިތުންނަށް ސާފު ކޮށް ދޭންވެސް ޖެހޭ ވެރިޔާ

ރަޢީސް ޞޯލިޙު "ޒިނޭ ކުރިކަން އެނގޭ، ތަޞްވީރު ހުރިކަމުގައި"
ފަޟީޙަތްކޮށް އެހަދަނީ ރައްޔިތުން މަޖިލިސްގެ އިސް ވެރިޔާ

ނަތީޖާ މީ ދޮގެއް ނަމައީ ޢަދާލަތަކުން އެކަން ނިންމައި
ޙަޤީގަތް ރައްޔިތުންނަށް ހާމަ ކޮށް ދޭން ވެސް ޖެހޭ ވެރިޔާ

މިއަދު މުޅި ރައްޔިތުން އެދެނީ ނުބައިވީ ހުތުރު ބަދުނާމުން
ނަފުސު ޠޯހިރު ކަމަށްވެސް ރައްޔިތުންނަށް ސާފުވާން ވެރިޔާ

ސަތޭކަ ޕަސެންޓު އިސްލާމީ މިޤައުމުގެ އެންމެ އިސްވެރިޔާ
ސަތޭކަ ޕަސެންޓު، އަބުރާ ޢިއްޒަތާ އޮންނަން ޖެހޭ ވެރިޔާ

މިއީ މާ ކުޑަ ކަމެއް ކަމުގައި ބަލައިގެން، ހަނު ހުރީ ވިއްޔާ
"މިއީ ތެދަކަށް ބަލާނޭ ރައްޔިތުން" ވިސްނަންޖެހޭ ވެރިޔާ

ނުލާހިކު އިޙްތިރާމާ ޤަދަރު ކުރަމުން ވެރިޔަކާ މެދުގައި،
ބުނާ ހެޔޮބަސް މިއީ "ޝާކިރުބެ" ޤަބޫލުކުރުން އެދެން ވެރިޔާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *