Support Us

ވަނދު ގޮބޮޅި، އެ ނުހޮވާށޭ

ވަނދު ގޮބޮޅި، އެ ނުހޮވާށޭ ފަޅުރަށަކު މެދުން ވިޔަސް
ފުދުނު ކަމެއް، ހައި ފިލުމެއް، އެއަކު ނެތޭ ހަމަ ނެތޭ

ކަދުރު ކޮޅެކެ ހިތުލައިގެން އަބުރު އަތުން ދޫވިޔަސް
ނަދުރު ފުދޭނޭ ފަދަވެސް ކައިފަ ވެ ބާކީ ނެތޭ

މުދުނަށް މަ ދެލޯއެރިތާ ކަރުހިއްކައި، މޮޔަ ވިޔަސް
ފޮދުހިމަ ވާރޭ ތިކިވެސް ވެހިފަ ނެތޭ ހަމަ ނެތޭ

ހަނދުބޮޑުވާ ރޭދަންވަރު މަސް ކަނޑުގައި ފުމުނަކަސް
ވަދުގައި ގޮބޮޅީގެ ހިޔަނި ނޫން އެއްޗެއް ހަމަ ނެތޭ

ތަދު ހިތަކުން ފިލުވޭތޯ ހަޑި ގޮތަކަށް ނޫޅެވެސް
ލަދު ވާހަކައެއް ނޫނީ ދެއްކޭކަށް ހަމަ ނެތޭ

ތެދު ދޮގަކަށް ދޮގު ތެދަކަށް ނުހަދަމެ އަދި ބުންޏަކަސް
ގުދުގުދުލާ ހަރުފަޔަކަށް ދޫދޭކަށް ހަމަނެތޭ

ހުދުފޮތި ކޮޅަކަށް ނިސްބަތްވާ ހިނިތުން ވެލިޔަކަސް
ހެދުމުގަ ހުރި ކަޅުކުލަ ގަދަ ނޫނީ އަޞްލަކު ނެތޭ

ތަދުމަޑުކަން ގޭދޮށުގައި ދަފިނަގަމުން ނެށިޔަކަސް
ފުދުނު ބަކަރި ހިނގި މަގުތައް ނޫނީ ފެންނަން ނެތޭ

އަދު ވެހެޔޭ ދެ ކޮލި ފުރައި ބޮޑު ކީސާ ގޮވިޔަކަސް
ވިދު ލޯވަޅު އެޅި އޭގައި އެއްޗެއް ހަރުލައި ނެތޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *